ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ކުރިން ހިންގި ރީޖަނަލް އެއާޕޯޓްސްގެ އިސް ދެ މުވައްޒިފަކު މިއަދު ސަސްޕެންޑްކޮށްފި އެވެ.
ސަސްޕެންޑް ކުރި ރީޖަނަލް އެއާޕޯޓްސްގެ ދެ މުވައްޒަފުންނަކީ އެ ކުންފުނީގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް އާއި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަމީމް އެވެ. އެ ދެ މީހުން ވެސް ސަސްޕެންޑްކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
ސީއެސްސީއިން އެ ދެ މުވައްޒަފުން ސަސްޕެންޑް ކުރީ ކޮން މައްސަލައަކާ ގުޅިގެން ހާމަކޮށްފައެއް ނުވެ އެވެ.
ރީޖަނަލް އެއާޕޯޓްސް އަކީ ވަކި ކުންފުންޏެއް ގޮތުގައި ސަރުކާރުން ކަނޑައެޅުމުން ސާމީ މަސައްކަތް ކުރައްވަމުން ގެންދިޔައީ ޓްރާންސްޕޯޓް މިނިސްޓްރީގަ އެވެ. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ސާމީގެ ނަން މިނިސްޓްރީގެ ޕީއެސްއަކަށް ވެސް ފޮނުވައިފަ އެވެ.
ޕީއެސްގެ މަގާމު ފުރުއްވައި ޕީއެސްގެ އިންޓަވިއުއިން އެންމެ މަތީ މާކްސް ހޯދީ ވެސް ސާމީ އެވެ. ނަމަވެސް ސީއެސްސީއިން ވަނީ ސާމީގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފައްދައި އެމަގާމު ދިނުމަށް އުޒުރުވެރިވެފަ އެވެ.
ސާމީ ވަނީ މީގެ ކުރިން ފިނޭސް މިނިސްޓްރީގެ އިސް މަގާމެއް ވެސް އަދާކޮށްފަ އެވެ. އެ މިނިސްޓްރީގައި މަސައްކަތް ކުރެއްވިއިރު ވެސް އޭނާގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދާފައިވެ އެވެ.
އެއްވެސް ކަމަކައް ނުވާނެ ކަރަޕްސަން ހަބޭސް