ބޮލީވުޑްގެ ކާމިޔާބު ތަރި ސޯނަމް ކަޕޫރުގެ އިސްތަށިގަނޑުން ބައެއް ބުރިކޮށްލުމަށްފަހު ބުރިކޮށްލި ބައި ބޭނުން ޖެހިފައިވާ ފަރާތްތަކަށް ހަދިޔާ ކޮށްފި އެވެ.
ސޯނަމްގެ އިސްތަށިގަނޑުން ބައެއް ހަދިޔާ ކުރަން ނިންމިކަން އޭނާ އިއުލާން ކުރީ މިދިޔަ ހޯމަ ދުވަހު އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގަ އެވެ.
އެ ވީޑިއޯގައި އޭނާގެ އިސްތަށިގަނޑުން ބުރިކޮށްލި ބައި ހިފަހައްޓައިގެން ހުންނައިރު، މިއީ ދުވަސްތަކެއް ވަންދެން އޭނާގެ ހިތުގައި އޮތް ކަމެއް ކަމަށް ބުނެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ސޯނަމްގެ އިސްތަށިގަނޑުން ބުރި ކޮށްލާފައި ވަނީ ގާތްގަނޑަކަށް 12 އިންޗި އެވެ. އެ ބައި ބޭނުން ކުރާނެ ކަމަށް ބެލެވެނީ ކެންސަރު ބަލި ފަދަ ބަލިތައް ތަހައްމަލުކުރާ މީހުންނަށް ވިގް ހެދުމަށެވެ.
ސޯނަމް އިތުރަށް ބުނެފައި ވަނީ އޭނާގެ ވަރުގަދަ އިސްތަށިގަނޑުގެ ސިއްރަކީ އޭނާގެ ޖެނެޓިކްސް ކަމަށެވެ. އެގޮތުން އޭނާ ވަނީ އޭނާގެ ވަރުގަދަ އިސްތަށިގަނޑަށްޓަކައި ބައްޕަ އަނިލް ކަޕޫރަށް ޝުކުރު އަދާކޮށްފަ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު ސޯނަމް އަންނަނީ ލިޔުންތެރިޔާ އަނޫޖާ ޗޯހާންގެ ވާހަކަ ފޮތެއްގެ މައްޗަށް އުފައްދާ "ބެޓަލް އޮފް ބިއްޓޯރާ" އާއެކު ބޮޑު ސްކްރީނަށް އެނބުރި އަންނަން ތައްޔާރު ވަމުންނެވެ.
މޫސާ ލަތީފާއި ދައުރު ނޫހާ ދެކޮޅަށް އަޒާން އަބުރުގެ ދައުވާކޮށްފި
ޑާކްރެއިންގެ އީދު ހަދިޔާ: "އަލްވަދާއު" ވީޑިއޯ ކްލަބަށް!
ބާ ކައުންސިލުން ނޫސްވެރިންނަށް ހިލޭ ގާނޫނީ އެހީތެރިކަން ދެނީ