ވެރިކަންކުރާ މައިޕާޓީ، އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮންނަ މާލެ ސިޓީގެ މޭޔަރުކަން ބޮޑު ތަފާތަކުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ކާމިޔާބުކުރައްވައިފި އެވެ.
މިއީ މާލޭ ސިޓީގެ މޭޔަރެއްގެ މަގާމު އުފެދުނު ފަހުން އެ މަގާމު އެމްޑީޕީގެ އަތުން ގެއްލުނު ފުރަތަމަ ފަހަރެވެ. މުއިއްޒު މޭޔަރު ކަމަށް ހޮވުނުކަން ޕީޕީއެމްއިން ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
މުއިއްޒު ދެކޮޅަށް ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއް ސައްތާރު އަމިއްލަ ގޮތުން ވާދަކުރެއްވި އަލްހާން ފަހުމީ އެވެ.
މިހާތަނަށް ލިބުނު ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޑރ. މުއިއްޒަށް ވަނީ 9،203 ވޯޓް ލިބިވަޑައިގެންފަ އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް ލިބިފައި ވަނީ 5،611 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި އަލްހާން ފަހުމީ އަށް ލިބިފައި ވަނީ 262 ވޯޓެވެ.

އީރާނުން ތެލް އަވީވް ހުސްކުރަން 24 ގަޑިއިރުގެ މުހުލަތެއް ދީފި
މޮސާޑް އިސްވެރިޔާގެ ސިއްރު ލިޔެކިޔުންތައް ހެކްކޮށް ލީކުކޮށްލައިފި
މަރުޙަބާ ޑޮކްޓަރު މުއިއްޒު