މާލޭ ސިޓީގެ ހަތަރު ދާއިރާއެެއްގެ ވޯޓުން އަލުން ގުނައިދިނުމަށް އެމްޑީޕީއިން ހުށަހަޅަން ނިންމުން އެކަމާ އިދިކޮޅު ކޯލިޝަނުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުުވެ ހުންނެވި އަބްދުއްރަހީ އަބްދުﷲ ވިދާޅުވީ، ހަތަރު ދާއިރާގެ ވޯޓު އަލުން ގުނައި ދިނުމަށް އެމްޑީޕީއިން އެދުނީ ނަތީޖާ އޮޅުވާލުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއީ ބަލި ގަބޫލު ނުކުރަން ދައްކަން ބަހަނާ އެއްގެ ގޮތުގައި ސިފަވާހެން ވެސް އަބްދުއްރަހީމް ވަނީ ވާހަކަފުޅު ދައްކައިފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ އިއްޔެގެ ވޯޓުން ރައްޔިތުން ބަސް ބުނެފި ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން ބޭނުން، ރައްޔިތުން ގޮތް ނިންމެވީމަ، އެއަށް އިހުތިރާމް ކުރައްވާށޭ، މި އިންތިހާބުގެ ތެރެއަށް ވަދެ، އިތުރަށް ގަޑުބަޑުކުރަން ނޫޅުއްވާށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަނުން އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ކޯލިޝަނަށް އަތޮޅުތެރޭ ރަށްރަށައް ދަތުރު ކުރުމުގެ ފުރުސަތު ލިބުނުމަ އެމްޑީޕީއަށް ކައުންސިލް އިންތިހާބުގެ އެންމެ ގޮނޑިއެއްވެސް ނުލިބޭނެ ކަމަށެވެ.
އެމްޑިޕީގެ ފަރާތުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ، މާލޭ ހަތަރު ދާއިރާއެއްގެ ވޯޓު އަލުން ގުނަން ހުށަހަޅަން ނިންމީ، ޕީޕީއެމާއި އެމްޑީޕީގެ މެދުގައި ކުޑަ ތަފާތެއްގެ ނަތީޖާއެއް އޮޮތުމުން ކަމަށެވެ.
ވޯޓު އަލުން ގުނައިދޭން ހުށަހަޅާނެ ކަމަށް ނަޝީދު ވިދާޅުވިޔަސް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެފައި ވަނީ ނަތީޖާއަށް ބަދަލެއް އައިސްދާނެ ވަރުގެ ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ.
އީސީ ޝަރީފު މަޤާމުގަ ހުންނަން ބޭނުންނަމަ އެމްޑީޕީއިން އެދޭކަމެއް ޖެހޭނީ ކޮއްދޭށެވެ.
އެމް. ޑީ. ޕީ ގެ އެންމެ ޕަވަރުގައި މިލާދީނީ ބައިގަނޑަށް 2009ވަނަ އަހަރު މަޖިލިސް އިންތިޚާބު ގައި ލިބިފައިވާނީ އެންމެ 22 ގޮނޑި. ކަލޯ ގަންޖާބޯ ވައްކަން ކޮށްގެން މަޖިލިސް މެޖޯރިޓީ ނަގައިގެން ތިޔަ އުޅެނީ. ކަލޯ ކަލޯ އަށް ޖަލު އެބަ އިންތިޒާރުކުރޭ. އިންޝާﷲ ކަލޯގެ ޢުމުރު ދެން ހޭދަކުރަން ޖެނޭނީ ޖަލުގައި