ރައީސް ޑރ. މުޙައްމަދު މުއިއްޒު އެކްސް އެކައުންޓުގައި ކުރާ ޕޯސްޓުތައް ޝެއާކުރަން މި ސަރުކާރުގެ މިނިސްޓަރުންނާއި ސްޓޭޓު މިނިސްޓަރުންގެ އިތުރުން ޕީއެންސީ މަޖިލިސް މެމްބަރުންނަށް ވެސް މަޖޫބުރުކުރަމުންްްް ގެންދާކަން ހާމަވެއްޖެ އެވެ.
ސަރުކާރަށް ނިސްބަތްވާ، އިތުބާރުހުރި ފަރާތަކުން "ހުރިހާ" އަށް ވިދާޅުވީ ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރައްވާ ޕޯސްޓުތައް ޝެއާކުރުމަށް ސަރުކާރުގެ ބޮޑުންނާއި މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީނއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް ވެސް މަޖުބޫރު ކުރުވަމުން އަންނަ ކަމަށެވެ.
ނަންހާމަ ނުކުރަން އެދި އެ ފަރާތުން ވިދާޅުވީ ވޭތުވެ ދިއަ ދެ މަހެއްހާ ދުވަހު ރައީސް ކުރެއްވި ޓްވީޓުތައް ޝެއާކޮށްފައިވާ އަދަދު 200 އަށް ވެސް ނާރާ ކަމަށާއި އެހެން ކަމުން އެކަމާއި ރައީސް ވަރަށް ބޮޑަށް ކޯފާވެވަޑައިގެން ހުރިހާ މިނިސްޓަރުންނާއި ސްޓޭޓު މިނިސްޓަރުގެ އިތުރުން މަޖިލިސް މެމްބަރުން މުލިއާގެއަށް އެއްކޮށް ވަރަށް ހަޑިކޮށް، ވަރަށް ހުތުރުކޮށް އެ ފަރާތްތަކަށް ބަވާލާފައި ވާކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ހުރިހާ ކަމެއް ވެސް އެ ކުރައްވަނީ މި ސަރުކާރަށް ނިސްބަތްވާ މީސްކޮޅަށް މަޖުބޫރުކޮށްގެން ކަމަށާއި ހަގީގަތަކީ މިހާރު މި ގައުމުގައި މުއިއްޒަށް ތާއީދު ވެސް ނެތް ކަން ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީ އަށް ނިސްބަތްވާ 75 މެމްބަރުން ތިބި އިރު، އޭގެތެރެއިން މިއަދު މުއިއްޒަށް ތާއިދުކުރާ ތިބީ މުޅި ޖުމުލަމ 15 މެމްބަރުންކަމަށެވެ. އަދި ބާކީ ތިބި ހުރިހާ މެމްބަރުން ވެސް ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ތާއިދު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މެމްބަރުން މިހާރު ރައީސްގެ ސިޔާސަތުތަކަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ވިދާޅުވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަކުރު ދެންޏާ ބޮޑުބޭބެ، މަޖިލިސް މެންބަރުން ހިޔެއް ނުވޭ ޝެއަރ ނުކޮށް ހުންނާނެހެން އެބޭފުޅުންނަށް 50000ރ ލިބެޔޯ. އެހެންނު. ހަމަގައިމުވެސް އެންގޭ އެއްޗެކީ އާއްމު ރައްޔަތުން ދުވަހެއް ދުވަހަކަށް ނިކަމެތިވަމުންދާކަން.
ރިޕްލައިރަނގަޅު ކަމެއް ޝެއަރ ނުކުރަންޏާ ސިޔާސީ ވަޒީފާގަ ނުބަހައްޓާ
ރިޕްލައި