ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެމަނިކުފާނަށް މަރުގެ އިންޒާރު ދީފައި ވަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާއަށް ދާން ހުށަހެޅުމުންނެވެ.
ރައީސް އެކްސްގައި ވިދާޅުވެފައި ވަނީ މސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ރާއްޖެއަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ލިބޭގޮތަށް ހަރުކަށި ބަދަލުތަކެއް ގެންނަން ހުށައަޅުއްވާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ނޫހަކުން ހަދާފައިވާ ޚަބަރެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް، މަސީހް މޫސާ ކިޔާ މީހަކު ވަނީ ރައީސަށް ހުތުރުބަހުން މުޚާތަބުކޮށް "މަރާލަން ޖެހޭ"ކަމަށް ލިޔެފައެވެ.
ހައިޓީ ބަލިކޮށް ސްކޮޓްލޭންޑަށް ރަނގަޅު ފެށުމެއް
ނިއުކްލިއާ ހަތިޔާރު އުފެއްދުން މެދުކަނޑާލަން އީރާން އެއްބަސް
ވޯލްޑް ކަޕާ 2026: ކޮންމެ މެޗެއްގެ ކުރިން ބޯޅަ "ޗާޖު" ކުރަން ޖެހޭ!
