ހަށިވިއްކުމާއި އެހެނިހެން ޖިންސީ ކުށްތަކެއް ސާބިތުވެ ޖަލު ހުކުމެއް ކުރިމަތިވާނެ ކަމަށް ބެލެވިފައިވާ ރެޕް ލަވަކިޔުންތެރިޔާ ސޯން ކޯމްބްސް (ޑިޑީ)ގެ ކުރީގެ ހުކުމްތައް ބާތިލުކޮށް ޝަރީއަތް އަލުން ފަށައިދިނުމަށް އޭނާ އެދެފި އެވެ.
މިދިޔަ ހަފްތާގައި ޑިޑީގެ ވަކީލުން ކޯޓަށް ހުށައަޅާފައިވާ ލިޔެކިޔުންތަކުގައި ބުނެފައިވަނީ ޑިޑީގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކަކީ މީގެ ކުރިން އެފަދަ އެއްވެސް ކަމެއް ހިނގާފައިނުވާ ފަދަ ކުށްތަކެއް ކަމަށެވެ.
އެހެން ކަމުން ޑިޑީގެ މައްޗަށް އެ ކުށްތައް ސާބިތު ކުރުމުގައި ބެލޭނެ އެއްވެސް އަސާސެއް ނެތް ކަމަށް އެ ލިޔެކިޔުންތަކުގައި އޭނާގެ ވަކީލުން ބުނެފައިވެ އެވެ.
އެމެރިކާގެ ފެޑެރަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި ހަށިވިއްކުމަށް މަގުފަހި ކުރުވުމުގެ ދެ ދައުވާއެއް ޑިޑީގެ މައްޗަށް ސާބިތުވެފައިވާއިރު އެއަށްވުރެ ސީރިއަސް ދައުވާތަކުން އޭނާ ވަނީ ސަލާމަތްވެފަ އެވެ.
އެހެން ނަމަވެސް ސާބިތުވި ދެ ދައުވާގެ އަދަބެއްގެ ގޮތުގައި މަދުވެގެން ދިހަވަރަކަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ލަފާކުރެވޭއިރު އެ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ކުރެވިފައިވަނީ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހަށެވެ.
ޑިޑީގެ އެ ހުށައެޅުމާއެކު ދައުލަތުގެ ވަކީލުން ވަނީ އެ ހުށައެޅުން އަނބުރާ ފޮނުވާލައި ޑިޑީގެ ހުކުމް އިތުރުކޮށްދޭން ވެސް ކޯޓުގައި އެދިފަ އެވެ.
ބީއެމްއެލް އިން އަޅާ އިތުރު 182 ފްލެޓެއްގެ ބިންގާ އަޅައިފި
ރިޔާސީ ދައުރު ދަންމާލާކަށް ނުވިސްނަން: ރައީސް
ޓްރީ ޓޮޕް އިން ޕެއިން މެނޭޖްމަންޓް ކްލިނިކެއް ތައާރަފުކޮށްފި