މިހާތަނަށް ދުނިޔޭގެ އެންމެ ގިނަ މީހުން ބަލާފައިވާ އިންސްޓަގްރާމް ރީލްގެ މޫނަކަށް ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަދުކޯން ވެއްޖެ އެވެ.
ހިލްޓަން ގްރޫޕްގެ ބްރޭންޑް އެމްބެސަޑަރެއްގެ ގޮތުގައި އެ ބްރޭންޑްގެ އެންމެ ފަހުގެ ކެމްޕެއިން "އިޓް މެޓާސް ވެއާ ޔޫ ސްޓޭ"ގެ ދަށުން ރިލީޒްކުރި ދީޕިކާގެ ރީލް ހޯމަ ދުވަހާ ހަމައަށް 1.9 ބިލިއަން މީހުން ބަލާފައިވެ އެވެ.
މިއާއެކު ދީޕިކާ ވަނީ 1.6 ބިލިއަން ވިއުސް ލިބުނު ހާރްދިކް ޕަންޑްޔާގެ ބީޖީއެމްއައި ރީލްއާއި 1.4 ބިލިއަން ވިއުސް ލިބުނު "ފްލެކްސް ޔޯ ފޯން" ރީލް ވެސް ފަހަތަށް ޖައްސާލާފަ އެވެ.
ދީޕިކާގެ ކާމިޔާބީ ފާހަގަ ކުރަމުން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި މީހަކު ބުނީ 1.9 ބިލިއަން ވިއުސް ލިބުމަކީ އާދައިގެ ކާމިޔާބީއެއް ނޫން ކަމަށާއި އެކަން ކުރެވޭނީ ދީޕިކާއަށް ކަމަށެވެ.
ދީޕިކާއަކީ ބޮލީވުޑްގައި މިވަގުތު ހަރަކާތްތެރިވާ އެންމެ ފުންނާބު އުސް އެއް ފަންނާނަށް ވާއިރު ހޮލީވުޑް ފޭމްގައި ތަރިއެއް ހާސިލްކުރި ފުރަތަމަ ބޮލީވުޑް އެކްޓަރުގެ ޝަރަފު ވެސް ދާދިފަހުން އޭނާއަށް ވަނީ ލިބިފަ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު ދީޕިކާ އެންމެ ފަހުން ފެނިގެން ދިޔައީ ރޯހިތު ޝެޓީގެ "ސިންގަމް އަގެއިން" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ޑަބަލްއޭ ޑަބަލްޓޫ ޓައިމްސް އޭސިކްސް" ނަމަކަށް ކިޔާ ސައި ފައި ފިލްމެކެވެ.