އއ. ރަންފަރު ފަޅަކީ އެ އަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.
އެމަނިކުފާނު މި ނިންމުން ނިންމެވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ރައީސްގެ ގަރާރުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އއ. "ރަންފަރު" ފަޅަކީ އެ އަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި އިތުރުކުރައްވައި، އއ. ރަންފަރުގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ކަނޑައަޅުއްވާފައިވެ އެވެ.
މިއީ މާޅޮހުގެ ރައްޔިތުންގެ އެދުމުގެ މަތިން ރައީސް މީގެކުރިން ވެވަޑައިގެންފައިވާ ވައުދެކެވެ.
ތާޕްސީގެ "ގަންދާރީ" ނެޓްފްލިކްސް ޗާޓުގެ އެެންމެ ކުރިއަށް!
ބޭރު ފައިސާ ބޭރުކުރަން އުޅުނު ބަޔަކު އެއާޕޯޓުން ހިފަހައްޓައިފި
"ސްކިން ކެއާ ރޫޓިން" ބަދަލު ކުރަން ޖެހޭކަން އަންގައިދޭ 5 ކަމެއް!
