ކައިރި ފެނުމުގައި ކުރިމަތިވާ ދަތިތަކަކީ އަހަރުމެން ދިވެހިންގެ މެދުގައި ވެސް ވަރަށް އާއްމު ކަމެކެވެ. ނަތީޖާއަކަށް ވަނީ ގިނަ ފަހަރަށް ކައިރި ބަލަން ނަމްބަރު އައިނު އަޅަން ޖެހުމެވެ.
އެހެން ނަމަވެސް މިކަމަށް ނިމުމެއް އަންނަން އުޅޭ ކަމުގެ ކޮޅުމަތި މިހާރު މިވަނީ ފެނިފަ އެވެ. އެމެރިކާގެ އެފްޑީއޭއިން މިވަނީ ކައިރި ފެނުން ރަނގަޅު ކޮށްދޭ ލޮލުގެ ބޭހަކަށް ހުއްދަ ދީފަ އެވެ.
ބޭސް އުފައްދާ އެމެރިކާގެ ކުންފުންޏެއް ކަަމަށްވާ ލެންޒް ކުންފުނިން އުފައްދާފައިވާ މި ބޭހަކީ 10 ގަޑިއިރާ ހަަމައަށް ކައިރި ފެނުން ސާފު ކޮށްދޭ ބޭހެކެވެ.
މި ބޭހުގައި އެކުލެވޭ އެސެކްލިޑައިން ނަމަކަށް ކިޔާ މާއްދާގެ ސަބަބުން ލޮލުގެ ކުޑަކަޅި ބޮޑުވެ ކައިރީގައި ހުންނަ ތަކެއްޗަށް ކުރާ ފޯކަސް އިތުރު ކޮށްދެ އެވެ.
މިއާއެކު ފޮތް ކިޔުން ފަދަ ކައިރި ބަލަންޖެހޭ ކަންކަމުގައި އައިނު ބޭނުން ކުރަންޖެހޭ ކުރުމަށް ނިމުމެއް އަންނާނެ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ގާތްގަނޑަކަށް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ކުރަންހުރި ހުރިހާ ތަހުލީލެއް ކޮށް މި ބޭސް ބާޒާރަށް ނެރެވޭ ވަރު ވާނެ އެވެ.
މައިކަލް ޖެކްސަން ބައޮޕިކްގެ ޓްރެއިލާ ނެރެފި
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
އެމްޓީވީ މޮބައިލް ސްޓްރީމިންގެ ހިދުމަތް ދިރާގުން ތައާރަފްކޮށްފި