"ފްރެންޑްސް" ޓީވީ ސީރީޒްއަކީ 90ގެ އަހަރުތަކާއި 2000ގެ ކުރީކޮޅު މުޅި ދުނިޔޭގައި ވެސް އެންމެ މަގުބޫލުވި އެއް ސިޓްކޮމް އެވެ. އެ ސީރީޒްއިން ފެނިގެންދިޔަ ކޮންމެ ތަރިއަކީ ވެސް ބެލުންތެރިންގެ ލޯބި ހޯދި ތަރި އެކެވެ.
އެގޮތުން އެ ޝޯގައި ފީބީ ބުފޭގެ ރޯލުން ފެނިގެންދިޔަ އެކްޓަރު ކަމަށްވާ ލިސާ ކުޑްރޯއަކީ "ފްރެންޑްސް" އަށްފަހު ވެސް މަޝްހޫރު އެކްޓަރެކެވެ.
އާއްމުންގެ ތެރޭގައި ލިސާ ބޮޑަށް މަގުބޫލު ވެފައިވަނީ "ފްރެންޑްސް"ގެ ސަބަބުން ނަމަވެސް އެ ޝޯގެ އެޕިސޯޑުތައް ނުބަލާ ކަމަށް ލިސާ ކުރިން ބުނެފައިވެ އެވެ.
ސަބަބެއްގެ ގޮތުގައި ލިސާ ބުނެފައިވަނީ އެޕިސޯޑުތައް ބަލައިފިނަމަ އޭގައި އޭނާއަށް ކުރެވިފައިވާ މަސައްކަތާމެދު ހިތްހަމަ ނުޖެހިދާނެތީ އެވެ.
އެގޮތުގައި އަހަރުތަކެއް ހޭދަކުރުމަށްފަހު ލިސާ ވަނީ ދާދި ފަހުން ފްރެންޑްސް ބަލާފައި ކަމަށް އޭނާ ބުންޏެވެ. އެއީ އެ ޝޯގައި އޭނާއާއެކު މަސައްކަތްކުރި މެތިއު ޕެރީ (ޗޭންޑްލާ)ގެ ހަނދާނުގައި ކަމަށް ލިސާ ފާހަގަ ކުރެ އެވެ.
މެތިއު ވަނީ ޑްރަގް އޯވާޑޯޒްއެއްގެ ސަބަބުން 2023ގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު މަރުވެފަ އެވެ. އޭނާގެ މަރުގެ ތަހުގީގު ނިމި އެކަމުގައި އިހުމާލުވި ގިނަ ބަޔަކަށް ދައުވާ އުފުލާނެ ކަމަށް ބެލެވެ އެވެ.
ޓްރަމްޕް ކުރިމަތީގައި ނަތަންޔާހޫގެ ބާރުކެނޑި ބާކީވެއްޖެ
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ: މެޓް އޮފީސް