ހޮނިހިރު ދުވަހު ބޭއްވި ލޯކަން ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ސަޕޯޓަރުން ވޯޓުލާން ނުނިކުތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރާ ވާހަކަ ދައްކާތީ އެކަމުގެ ކަންބޮނޑުވުމުގައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، އެމްޑީޕީ މެމްބަރުން ވޯޓު ލާން ނުނިކުތް އެއް ސަބަބަކީ ޔާމީން މިނިވަން ކުރަން ވާހަކަ ދައްކާތީ އެކަމާ ކަންބޮޑުވެގެން ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި ވޯޓު ދިން މީހުންނަކީ ޔާމީން މިނިވަން ކުރަން ވޯޓު ދިން މީހުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވޯޓުލީ މީހުންގެ މެސެޖަކީ ޔާމީން ފަދަ ވަގުން ހައްޔަރުން ކުރަން ޖެހޭ ކަމަށެވެ.
"އެހެންވީމަ މިއަދު ނުކުމެ ބުނާނެ ކަމެއް ނެތް އެ ދުވަހުގައި ވޯޓު ދިން މީހުން ވޯޓު ދިނީ ޔާމީން މިނިވަން ކުރުމަކަށް ނޫން. އޭގެ އިތުރު މީހުން ހައްޔަރު ކުރުމަށް،" އޭނާ ވިދާޅުވި އެވެ.
ވޯޓުލާން އެމްޑީޕީގެ މީހުން ނުނުކުތީ ވައްކަން ކުރާ މީހުން ހުއްޓުވޭ ވަރު މަދުވީމައި ކަމަށް އާޒިމް ފާހަގަކުރައްވައި ދެން ވިދާޅުވީ ކައުންސިލް އިންތިހާބުގައި މީގެކުރިން އިދިކޮޅު ފަރާތްތަކަށް ކޮންމެވެސް ވަރަކަށް ނުލިބޭ ވަރެއްގެ ކާމިޔާބީއެއް ލިބިފައިވާތީ އެ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ. އެއަށްފަހު ވިދާޅުވީ ނިމިގެންދިޔަ އިންތިހާބަކީ އެމްޑީޕީ އަށް ގެއްލިގެން ދިޔަ އިންތިހާބެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް މާލޭގެ އިންތިހާބު ގެއްލިގެން ހިނގައްޖެ. ގެއްލިގެން ދިޔައީ ބައިވަރު ސަބަބާ ހުރެ" އޭނާ ވިދާޅުވި އެވެ.
ޔާމީންގެ ސަރުކާރު ގޭންގެއްގެ ގޮތުގައި ސިފަކުރުމަށްފަހު އާޒިމް ވިދާޅުވީ، މި ސަރުކާރު އައި ފަހުން 80 އިންސައްތަ އަށް ވައްކަން ކުޑަކޮށްފައިވާ ކަމަށެވެ.
މިހިރަ ބީތާ އާޒިމޫ. ކަލޭގެ އުމުރަށް ޔާމީނުހައްޔަރުކޮށްފައި ނުބެހެއްޓޭނެ އިންޝާﷲ. ކަލޯ މަޖިލީހުގައި ހުންނާނެ އެންމެފަހު އަހަރު މިއީ. ފޮށިތަންމަތި ބަނދެގެންހުރޭ. ދެން ދުވަހަކު ވެސް މަޖިލީހާ ވައިވެސް ނޭޅެވޭނެ ކަލޯގެ ސިޔާސީ ހަޔާތް މިނިމުނީ އިންޝާﷲ