ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާފާންނު އުތުރު ދާއިރާ އެމްޑީޕީއަށް ގެއްލުނީ ދަފްތަރުގައި ހިމެނޭ ބަޔަކު ވޯޓުލުމާ ގުޅިގެން ކަމަށް އެ ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ މައި ޕާޓީގެ ފަރާތުން މާލޭ ދާއިރާތަކަށް ވާދަކުރި ކެންޑިޑޭޓުން ވަނީ ބަލިވެފަ އެވެ. މޭޔަރުގެ ގޮނޑިއާއެކު އެހެން ގިނަ ގޮނޑިތައް ހިމެނެ އެވެ. މޭޔަރުގެ މަގާމަށް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ.
އިމްތިޔާޒް ނިސްބަތްވާ މާލޭ ސިޓީ ދާއިރާގެ ގޮނޑި ކާމިޔާބުކުރީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެކެވެ. އެމްޑީޕީއަށް އެ ގޮނޑި ގެއްލުމުގެ ސަބަބެއް ކަމަށް އިމްތިޔާޒް ދެއްކީ ދަފްތަރެވެ.
އެގޮތުން މާފަންނު އުތުރު ދާއިރާއަށް ދަފުތަރުން ވޯޓުލީ ފަރާތްތަކަކީ އެ ދާއިރާ ހިމެނޭ ހިސާބުތަކުގައި ދިރިނޫޅޭ ފަރާތްތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އިތުރަށް ވާހަދަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ، ދާއިރާގެ ވޯޓު ޑިސައިޑްކުރީ އޭނާ ނިސްބަތްވާ ދާއިރާގައި ދިރިނުޅޭ ފަރާތްތައް ކަމަށެވެ. އަދި އެއީ ވިސްނަން ޖެހޭ ކަމެއް ކަމަށް ވެސް ވަނީީ ވިދާޅުވެފަ އެވެ.
"އިންތިހާބުތަކާއި ދަފުތަރާމެދުގައި އަޅުގަނޑުމެން ވިސްނާލަން އެބަ ޖެހޭ. ކީއްވެގެންތޯ ސަރަހައްދުގައި ދާއިރާގެ ތެރޭގައި ނޫޅޭ ބަޔަކު ކުއްލިއަކަށް ވަކި އިންތިހާބަކަށް އައިސް އެ ވޯޓު ޑިސައިޑް ކުރުމުގެ ފުރުސަތު އެ ލިބެނީ،" އިމްތިޔާޒް ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމްއަށް ކައުންސިލް އިންތިހާބުގައި ލިބުނު ނަތީޖާ ގަބޫލުކުރުމުގެ ބަދަލުގައި އެމްޑީޕީ މެމްބަރުން ގެންދަނީ ތަފާތު އެކި ބަހަނާ ދައްކަމުންނެވެ.
މުންޑުބުރި އަނދެގެން ގަމީސް ނުލައި ހައްދުންމަތީގައި އުޅުނު ހައްދުންމަތީ ސޮރަކު މާލެ އައިސް މާ މާލެވެގެން މާލޭ މީހުންނަށް އަސްލާއިވަސްލު އޮޅުވާލައިގެން އުޅެން ލަދެއް ނުގަނޭތަ. ކިތަންމެ މާލެވެގެން އުޅުނަސް ތިވެސް ހައްދުންމަތީ ސޮރެއް.
ތި ތިބީ ދަފްތަރުގެ ދަންތުރާގަ ޖެހިފަ. ޤައުމު އަޅުވެތި ކޮށްގެން ތިބި ނާތަހުޒީބު ބަޔަކަށް ރައްޔަތުން ވޯޓްދޭކަށް ބޭނުމެއްނުވެ. ޤައުމުގެ ސަލާމަތަށް ނުރައްކާކުރަން އިންޑިޔާ އާއެކު ކުރެވިފަވާ އެގްރީމެންޓްތައް އަވަހަށް އުވާލަން ރައްޔަތުން ބޭނުންވަނީ.
ތިޔަ ދަތުރު ވަރައް ނުރައްކާ ވެއްޖެ. އަވަހައް ކޮންމެވެސް ގޮތެއް ހޯދާ. ނޫނީ ތިޔަގޮނޑިވެސް ގެއްލިދާނެ.
މިދިޔަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ހުޅުމާލޭ ދާއިރާ އަށް ދަފްތަރު ފޮށިން ނިޔާޒު އަށް މެޖޯރިޓީ އަށް ވުރެން ގިނަ ވޯޓް ލިބިގެން ދިޔަ އިރު އޯކޭ އަދި އެހެނިހެން ދާއިރާ ތަކުން ވެސް ދަފްތަރު މީހުން އެމް.ޑީ.ޕީ އަށް ވޯޓް ދިން އިރު އޯކޭ.. މިހާރު ބަލިވީމާ ދަފްތަރު ސަކަރާތް... އަމިއްލަ ޕާޓީގެ ވެރިކަމާއި އަމިއްލަ ޕާޓީ މަޖުލީސް ބޮޑު މެޖޯރިޓީ ލިބި ކަމެއް ކުރަން ނޭގި ރައްޔިތުން ރަތަށް އަރައިގެން ވޯޓް ނުދިނުމުން ގޯސް ތިވަނީ ވޯޓް ލިި މީހުން.. ތި އަށްވުރެން ރަނގަޅުވާނެ ނަކަސް ތެޅިއަސް..