"ސްޓްރޭންޖާ ތިންގްސް" އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އިނގިރޭސި އެކްޓަރު މިލީ ބޮބީ ބްރައުން އުމުރުން 21 އަހަރުގައި ދަރިއަކު ހޯދައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި މިލީއާއި އޭނާގެ ފިރިމީހާ، ޖޭކް ބޮންޖިއޯވީ ވަނީ ވަރަށް ފަހުން ކުޑަ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަމާ ހަވާލުވެ އެ ކުއްޖާއަށް އެ ދެމީހުންގެ ނަން ދީފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މިލީގެ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދިރިއުޅުމުގެ އާ ބާބަކާ ކުރިމަތިލާއިރު ބޭނުންވަނީ ޒާތީ މިނިވަންކަމާއި "ޕްރައިވަސީ" ކަމަށެވެ.

މިލީ ވަނީ މިދިޔަ މާޗް މަހު ޖޭކްއާއެކު ދަރިން ހޯދަން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ. ދަރިއަކު ހޯދުމަށްފަހު ވެސް އެ ދެމީހުން އިތުރު ދަރިން ބޭނުންވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

https://www.instagram.com/p/DNn4rTIuCLR/?utm_source=ig_embed&ig_rid=16c1373e-86fd-44b0-b57e-38d154f60813

ބަލިވެ އިނުމުގެ ބަދަލުގައި ގާނޫނީ ބެލެނިވެރިކަން ޚިޔާރު ކުރުމާ ބެހޭގޮތުން މިލީ ބުނީ އާއިލާއެއް ފެށުމުގައި އަމިއްލަ ދަރިން ވިހެއުމާއި ގާނޫނީ ބެލެނިވެރިކަމުގައި ވެސް މާބޮޑު ތަފާތެއް ނެތް ކަމަށެވެ. ސަބަބަކީ އާއިލާއެއްގެ ފެށުމަކީ ލޯތްބާއި އަޅާލުން ކަމަށްވާތީ ކަމަށް އޭނާ ފާހަގަކުރި އެވެ.

އުމުރުން އެންމެ 20 އަހަރުގައި ޖޭކްއާ ކައިވެނިކޮށް އޭގެ އެއް އަހަރު ފަހުން ދަރިއަކު ހޯދިއިރު މާ ޅަ އުމުރުގައި އާއިލާއެއް ފެށުމުން ގިނަ ބަޔަކު އަންނަނީ މިލީއަށް ފާޑުކިޔަމުންނެވެ.