ދިވެހި ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ހާއްސަ ޝަރަފު ހއ. އުތީމު ރައްޔިތުންނަށް އަރުވައިފި އެވެ.
މި ޝަރަފު އަރުވައިފަވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު އުތީމުގައި ކުރިއަށްދާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެވެ.
އުތީމުގެ ރައްޔިތުންނަށް ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފުގެ އައްޑަނަ ރައީސް ހަވާލުކޮށްދެއްވީ އެ ރަށުގެ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދަށެވެ.
ރައީސް އޮފީހުން ބުނީ އެ ޝަރަފު އެރުއްވުމަށް ރައީސް ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓުމަށް އުތީމުގެ ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެކަމަށް ދޭ އަހައްމިއްޔަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ. އަދި އެރަށު ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކު އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރުވެފައި ވާތީ އެވެ.
ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމީ ހަރަކާތްތައް މި އަހަރު ކުރިއަށްގެންދަވަނީ، އެ ދުވަހުގެ ބަޠަލު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނިސްބަތްވެވަޑައިގަންނަވާ އުތީމުގަ އެވެ.
ބޭސް ނުލިބޭ މައްސަލަ ހައްލުވާނެ ކަމަށް ބުނެ އިތުރު މުއްދަތެއް
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
ދެ ހަރަމްފުޅުގައި ކުރެވޭ ކަށު ނަމާދުތަކަށް ގޮވާލެވޭ 4 ގޮތް!