ކުރަތްޕަކީ ދިވެހި އަންހެނުންނަށް ބޮޑު ބިރެކޭ އެއްފަދަ އެއްޗެކޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ކުރަތްޕެއް ފެނިއްޖެނަމަ އަޑުގެ ނެތްކޮޅަށް ހަޅޭއްލަވައި ނުގަންނަ އަންހެނަކު އަހަރުމެންގެ ތެރޭގައި މަދުވާނެ އެވެ. މިފަދަ މީހުންގެ ތެރޭގައި މަދުން ނަމަވެސް ފިރިހެނުން ވެސް ހިމެނެ އެވެ.
ކުރަތްޕަކީ ވަރަށް ފަސޭހައިން އާލާވާ އެއްޗެއް ކަމުން އެ އާލާވާ ތަންތަނުން ނައްތާލުމަކީ ވެސް ވަރަށް އުނދަގޫ ކަމަކަށް އޮންނަނީ ވެފަ އެވެ.
އެހެން ނަމަވެސް ބަލިތައް ފަތުރާ މި ސޫފި ބަދިގެ ތެރެއިންނާއި ގޭތެރެއިން އެއްކޮށް ނައްތާލުމަށް ފަސޭހަ އުކުޅެއް ސައިންސްވެރިން މިވަނީ ކޔައިދީފަ އެވެ.
ފޮނިތޮށި ގަހުގެ ފަތް ނުވަތަ އާއްމު ނަމުންނަމަ "ބޭލީފް" އަކީ ކުރަތްޕާއި އެނޫންވެސް ސޫފިތައް ގޭތެރެއިން ނައްތާލުމަށް ބޭނުން ކުރެވިދާނެ ހަތިޔާރެކެވެ.
ކުރަފި އާލާވާ ތަންތަނުގައި އޭގެ ދެތިން ފަތް ބާއްވާށެވެ. ނުވަތަ ފަތްކޮޅެއް އަންދާލުމަށްފަހު އޭގެ ކުނޑި ގޭގެ އެކި ހިސާބުތަކަށް ބުރުވާލާށެވެ.
އޭގެ ވަހުންނާއި އެއިން ނުކުންނަ ވިހަ މާއްދާއެއްގެ ސަބަބުން ކުރަފި ފަދަ ސޫފިތައް މަރުވެ އެ އެއްޗެހި އާލާވުން އެއްކޮށް ހުއްޓުވައިދެ އެވެ.
އެމެރިކާއާއެކު އަލުން މަޝްވަރާކުރަން އަދި ނުނިންމަން: އީރާން
ތެޔޮ ގަންނަން އޭޑީބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި
ބިން އަތުލެވޭ އިސްލާހާ ދެކޮޅަށް ދެހާހަށްވުރެ ގިނަ މީހުންގެ ސޮއި
ބޭލީފް އަކީ ފޮނި ތޮށި ގަހުގެ ފަތެއް ނޫނެވެ.