އެމްއޭސީއެލްގެ އެހެން މުވައްޒަފުންނަށް ނުލިބޭ ހާއްސަ އިމްތިޔާޒުތަކެއް ދީފައިވާ އެ ކުންފުނީގެ މުވައްޒަފު މަރިޔަމް ޝިއުނާ ދިވެހި ނޫސްވެރިންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިފި އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ޝިއުނާ ބުނީ ރައީސް އޮފީހާއި މުލީއާގޭ ކައިރީ މުޒާހަރާ ކުރި ނޫސްވެރިން އުޅުނީ އެ ދެ ތަނުގެ ގޭޓަށް އަރަންވެގެން ކަމަށެވެ.
އޭނާ ބުނީ ފުލުހުން ނޫސްވެރިން ދުރަށްޖެއްސީ ގޭޓަށް އަރަން ދިޔަ ހިސާބުން ކަމަށެވެ. ނަމަވެސް ޝިއުނާ ދެއްކި އެ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެކެވެ. ނޫސްވެރިންގެ މުޒާހަރާ ލައިވްކޮށް ބައެއް ޓީވީ ޗެނަލްތަކުން ދައްކާފައިވާއިރު، އެފަދަ އެއްވެސް މަންޒަރެއް ވެސް ނުފެނެ އެވެ.
ސުލްހަވެރިކަމާއެކު ނޫސްވެރިން ރައީސް އޮފީހާއި މުލީއާގެ ކައިރީ މުޒާހަރާކޮށް ޑިމާންޑް ކުރީ ރައީސް މުހައްމަދު މުއިއްޒު ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބަދަލުކުރުމަށެވެ.
"އޮބްސެޝަން"ގެ ޑިޖިޓަލް ރިލީޒް އޮތީ ކޮން އިރަކު؟
ދުންނަގެ "މަގްކޭކު" ރަހަބަލާލަން ގިނަ ބަޔަކު ކިޔުޖެހެނީ!
36 އަހަރުގައި ޓޭލާ ސޯންގްރައިޓާސް ހޯލް އޮފް ފޭމްއަށް!
