ރައީސް މުހައްމަދު މުއިއްޒު އަންނަ މަހު ޗައިނާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާނުގެ މައްޗަށް ނަސްރު ހޯދި ހޯދުމަށް 80 އަހަރު ފުރުން ފާހަގަކުރުމަށް އަންނަ މަހުގެ ތިން ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި 26 ގައުމެއްގެ އެންމެ އިސް ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އޭގެތެރޭގައި ރައީސް މުއިއްޒު ވެސް ހިމެނިވަޑައިގަންނަވައެވެ.
މި ރަސްމިއްޔާތަށް ވަޑައިގަންނަވާ އެހެން ލީޑަރުންގެ ތެރޭގައި ރަޝިއާގެ ރައީސް ވްލެޑިމިއަ ޕޫޓިން އާއި ނޯތު ކޮރެޔާގެ ލީޑަރު ކިމް ޖޮން އުންގެ އިތުރުން އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ހިމެނިވަޑައިގަންނަވައެވެ.
ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމަށް ހާއްސަ މިލިޓަރީ ޕެރޭޑެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕެރޭޑުގައި ޗައިނާގެ އަސްކަރީ ގާބިލުކަން ހުރި މިންވަރު ދައްކާލާނެ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
މިއީ ވެރިކަމާ ހަވަލުވެވަޑައިގަތްފަހުން ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދެ ވަނަ ދަތުރުފުޅެކެވެ.
ގޭންގުތައް ތިބިތޯ ޔަގީންކުރަން 576 ތަނެއް ބަލައި ފާސްކޮށްފި
މިލަންދޫ ފަރަށް ބޯޓެއް އެރުމުން 12 މިލިއަންގެ ޖޫރިމަނާއެއް
ސަލްމާންއާއި ޝާހްރުކް ޚާން މިއުޅެނީ ކޮން ތަނެއްގައި؟
