މީޑިއާގެ ކޮންޓްރޯލް ސަރުކާރަށް ނެގޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ މިނިވަން މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެ ބިލު މަޖިލހުން ބޭރުކޮށްލަން ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ވެސް ގޮވާލައިފި އެވެ.
އާރުއެސްއެފް އިން ބުނީ އާ މީޑިއާ ބިލުގައި ކަންބޮޑުވާ ކަންކަން އެބަ ހުރި ކަމަށާއި އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ ކަމަށެެވެ.
މީޑިއާ ރިފޯމު ކުރުމުގެ ނަމުގައި ހުށަހަޅާފައިމިވާ ބިލަކީ މީޑިއާއަށް ސަރުކާރުގެ ނުފޫޒު ހިންގަން ހުށަހަޅާފައިވާ ބިލެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޯޓު އަމުރެއް ނެތި ނޫސް ވެބްސައިޓުތައް ބްލޮކްކުރެވޭ ގޮތަށް އޮތް އޮތުން ވެސް އާރުއެސްއެފް އިން ވަނީ ކުށްވެރިކޮށްފަ އެވެ.
މީޑިއާގެ އެއްވެސް ފަރާތަކާ މަޝްވަރާނުކޮށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލްގެ ދިފާއުގައި ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ފަރާތްތަކުން އަންނަނީ އަޑުއުފުލަމުންނެވެ.
އީފާހުން ތާއީދު ފޯމު ފުރަންޖެހޭ މައްސަލައިގައި ގޮތެއް ނުނިންމުނު
ކައުންސިލާއި ކޮމިޓީ އިންތިހާބަށް ޝަރުތުހަމަވީ 2،993 މީހުން
ރިފަރެންޑަމާއި އިންތިހާބު ބޭއްވޭނީ 18 އަށް ގާނޫނު ބަދަލުކޮށްގެން
