ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކެއް ގެންގޮސް ފުވައްމުލައް އެއާޕޯޓްގެ ދަތުރުތައް އަލުން ފަށައިފި އެވެ.
ފުވައްމުލައް އެއާޕޯޓްގެ އޮޕަރޭޝަންތައް ހުއްޓުނީ ފަޔާ ޓްރަކް، ރަންވޭ މަތީގައި އޮއްވާ އިންޖީނު ހަލާކުވެގެންނެވެ.
ފުވައްމުލަކު އެއާޕޯޓްގެ އޮފިޝަލަކު ވިދާޅުވީ ކުރިއެކޭ ވެސް އެއްގޮތަށް އެއާޕޯޓުގެ ދަތުރުތައް އަލުން ފަށާފައިވާ ކަމަށެވެ.
މިހާރު އެމްއޭސީއެލްގެ ދަށުން ހިންގަމުން އަންނަ އެ އެއާޕޯޓަށް ދަތުރުކުރަނީ ހަމައެކަނި މޯލްޑިވިއަންގެ ފްލައިޓެވެ.
އައްޑޫ މަގުން އެމްއޭސީއެލްގެ ޓެކްނިކަލް ޓީމެއް ވަނީ ފުވައްމުލަކުގައި ހަރަކާތްތެރިވެފަ އެވެ.
އެއާޕޯޓު ހުއްޓިފައި އޮތުމުން އެ ރަށު ރައްޔިތުންނަށް ރަަށަށް ދިޔުމަށާއި ރަށުން މާލެ އައުމަށް ދަތިތަކެއް ކުރިމަތިވި އެވެ. އަދި ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެންދިޔުން ވެސް ހުއްޓުނެވެ.