އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާއި އޭނާގެ އަންހެނުން ބޮލީވުޑް އެކްޓަރު އަނުޝްކާ ޝަރްމާ ނިއުޒިލޭންޑްގެ ކެފޭއަކުން ބޭރު ކޮށްލައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ކެފޭއިން ވިރާޓްއާއި އަނުޝްކާ ބޭރުކޮށްލީ އިންޑިއާގެ ގައުމީ އަންހެން ކްރިކެޓް ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ޖެމައިމާ ރޮޑްރިގޭޒްއާއެކު ދެއްކި ވާހަކަތައް މާ ދިގުލައިގެން ދިއުމުންނެވެ.

ދާދި ފަހުން "މޭޝަބަލް އިންޑިއާ" ޔޫޓިއުބް ޗެނަލަށް ދިން އިންޓަވިއުއެއްގައި ޖެމައިމާ ވަނީ އެ މަޖާ ތަޖުރިބާގެ ވާހަކަ ހިއްސާ ކޮށްފަ އެވެ.

އޭނާ ބުނީ ކްރިކެޓްގެ ވާހަކަތަކާއި އެ ނޫން ވެސް ވާހަކަތަކުގައި އެ މީހުންގެ ބައްދަލުވުން ހަތަރު ގަޑިއިރަށްވުރެ ދިގުލައިގެން ދިޔަ ކަމަށާއި އެހެން ކަމުން ކެފޭގެ މުވައްޒަފުން އެ މީހުންގެ ކިބައިން އެތަން ދޫކޮށް ދާން އެދުނު ކަމަށެވެ.

"އަހަރުމެންނަށް ގަޑި ދިޔަ ގޮތް ވެސް ނޭނގޭ. ހީވަނީ ވަރަށް ގިނަ ދުވަހު ބައްދަލުނުވެ ތިބި ރައްޓެހިންތަކަކާ ދިމާވިހެން. ގަޑިން ވީއިރު އެނގުނީ އެމީހުން އަހަރުމެން ބޭރު ކޮށްލުމުން" ޖެމައިމާ ބުންޏެވެ.

ގާތްގަނޑަކަށް ހަތަރު އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2017 ވަނަ އަހަރު ކައިވެނިކުރި ވިރާޓްއާއި އަނުޝްކާއަށް 2021 ވަނަ އަހަރު އަލަތު ދަރިފުޅު ލިބުނުއިރު 2024 ވަނަ އަހަރު އަނުޝްކާ ވަނީ ދެވަނަ ފަހަރަށް ވިހާފަ އެވެ.ވީޜާޓ