މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ރިއާނާއާއި އޭނާގެ ބައިވެރިޔާ އޭސެޕް ރޮކީއަށް އަންހެން ދަރިއަކު ލިބުނުކަން އިއުލާން ކޮށްފި އެވެ.

ރިއާނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާ ވަނީ އަލަށް ލިބުނު ދަރިފުޅާއެކު ނަގާފައިވާ ފޮޓޯތަކަކާއެކު އެ ދަރިފުޅަށް މަރުހަބާ ކިޔާފަ އެވެ.

މިއަހަރުގެ ކުރީކޮޅު ރިއާނާ އޭނާގެ ތިންވަނަ ދަރިފުޅަށް ބަލިވެ އިންކަން އިއުލާން ކުރި އިރު މިހާރު އޭނާގެ ތިބެނީ ދެ ފިރިހެން ކުދިންނެވެ.

ރިއާނާ އިތުރަށް ބުނީ އެ ދަރިފުޅު އުފަންވެފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ކަމަށާއި ދަރިފުޅުގެ ނަމަކަށް ރޮކީ އައިރިޝް މަޔާސް ކިޔާފައިވާ ކަމަށެވެ.

ރިއާނާއަށް އޭނާގެ އެންމެ ފުރަތަމަ ދަރިފުޅު ލިބިފައިވަނީ އޭނާގެ އުމުރުން 34 އަހަރުގައި 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން އަހަރެއް ނުވަނީސް ދެވަނަ ދަރިފުޅަށް އޭނާ ބަލިވެ އިނެވެ.

ރިއާނާއާއި އޭނާގެ ދަރިފުޅުގެ ފޮޓޯ އާއްމު ކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެ ފޮޓޯއަށް ކޮމެންޓް ކޮށް އޭނާއާއި ރޮކީއަށް މަރުހަބާ ކިޔަމުންނެވެ.