ހޮލީވުޑްގައި ކުރިއަށް ދާން ބޭނުންނަމަ އޭނާގެ ނަން ބަދަލު ކުރަން ޖެހޭ ކަމަށް އެޖެންޓަކު ބުނި ކަމަށް މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑިކެޕްރިއޯ ބުނެފި އެވެ.

ޕޮޑްކޮސްޓެއްގައި ވާހަކަ ދައްކަމުން ލިއޮނާޑޯ ބުނީ އޭނާގެ ނަމަކީ މާ މުސްކުޅި ނަމެއް ކަމަށް އެޖެންޓަކު ބުނި ކަމަށާއި ހޮލީވުޑްގައި ކުރިއަށް ދާން ބޭނުންނަމަ އެ ނަން ބަދަލު ކުރަން ވެސާ އޭނާ ލަފާ ދިން ކަމަށެވެ.

އެގޮތުން އޭނާގެ ނަން "ލެނީ ވިލިއަމްސް"އަށް ބަދަލު ކުރުމަކީ ކެރިއަރަށް އެންމެ ރަނގަޅު ގޮތް ކަމަށް އެ އެޖެންޓް ބުނި ކަމަށް ލިއޮނާޑޯ ބުންޏެވެ.

"އޭނާ ބުނީ އަހަރެންގެ ނަން ވަރަށް އާސާރީ އޭ. އެ ނަމާއެކު އަހަންނަށް އެއްވެސް މަސައްކަތެއް ނުލިބޭނެއޭ" އުމުރުން ވަރަށް ހަގު އިރު ލިބުނު އެ ލަފާގެ ވާހަކަ ކިޔައިދެމުން ލިއޮނާ

އެހެން ނަމަވެސް އޭނާގެ އަސްލު ނަމާއެކު ހޮލީވުޑްގައި ކުރިއަށް ދާން ނިންމީ އޭނާގެ އަމިއްލަ ޝަހްސިއްޔަތު ދެމެހެއްޓުމަށް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އޭގެ ފަހުން ލިއޮނާޑޯ ވަނީ އޭނާގެ އަސްލު ނަމާއެކު ވެސް "ރޯމިއޯ އެންޑް ޖޫލިއަޓް" އަދި "ޓައިޓޭނިކް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފަ އެވެ.