ހޮލީވުޑްގެ އެކްޓަރު ނިކޯލް ކިޑްމަންއާއި ލަވަކިޔުންތެރިޔާ ކީތު އާބަންގެ ވަރިއާއެކު ނިކޯލްގެ ފަރާތުން ކީތުއަށް 11.4 މިލިއަނު ޑޮލަރަށްވުރެ ގިނަ ފައިސާ ދޭން ޖެހިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި މިހާ ގިނަ އަދަދެއްގެ ފައިސާ ނިކޯލް ކީތުއަށް ދޭން ޖެހެނީ ކައިވެނި ކުރުމުގެ ކުރިން އެ ދެމީހުންގެ މެދުގައި ވެފައިވާ އެއްބަސް ވުމެއްގެ ދަށުންނެވެ.
އެ އެއްބަސްވުމުގެ މާއްދާއެއްގައި ވާ ގޮތުން ކީތު މަސްތުގެ ވަބާއިން ދުރުވެ ހުރެއްޖެނަމަ އަހަރަކު 600،000 އެމެރިކާ ޑޮލަރު ނިކޯލްގެ ފަރާތުން އޭނާއަށް ދޭންޖެހެ އެވެ.
އެހެން ކަމުން ކައިވެނި ކޮށްގެން ހޭދަވި 19 އަހަރު ދުވަހުގެ ތެރޭގައި ކީތު މަސްތުގެ ވަބާއިން ދުރުވެ ހުރިއިރު އޭނާއަށް ލިބެންޖެހޭ ފައިސާގެ އަދަދު 11 މިލިއަނަށްވުރެ މައްޗަށް އަރަ އެވެ.
އެ ދެމީހުންނާ ގާތް ފަރާތްތަކުން މީޑިއާއަށް މައުލޫމާތު ދޭ ގޮތުގައި ވަރިވާ ހިސާބަށް ގޮސްފިނަމަ އެ ފައިސާ ހޯދަން ކީތު ހުރީ ތައްޔާރަށެވެ.
2006 ވަނަ އަހަރު ކައިވެނިކުރި ނިކޯލްއާއި ކީތު ވަކިވަކިން ދިރިއުޅޭތާ ދުވަސްތަކެއް ވެފައިވާއިރު ނިކޯލް ވަރިވާން ހުށައަޅާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. އެހެން ނަމަވެސް އެކަން އަދި ޔަގީނެއް ނުވެ އެވެ.