މާލޭގައި 3000 ފްލެޓް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުންނާއެކު ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން އިމާރާތްކުރަން ނިންމާފައިވާ 4000 ފްލެޓްގެ އިތުރަށް އަޅާ ފްލެޓްތަކެއް ކަމަށެވެ.
ރައީސް ވިދާޅުވީ 3،000 ޔުނިޓް ފެށުމަށް ބޭނުންވާ ކަންކަން މިހާރު ނިމެމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް އެމަނިކުފާނު ނުދެއްވަ އެވެ.
އެމަނިކުފާނު ވައުދުވިގޮތަށް ބޯހިޔާވަހިކަމުގެ އެމްޑީޕީ ސަރުކާރުން އެޅި ފްލެޓްތަކާއި ދިން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ކުރިން އަޅުގަނޑު ވައުދުވީ ގޮތަށް ރައްޔިތުންނަށް [ކުރީ ސަރުކާރުގައި ދިން] ގޯތިތަކާއި ފްލެޓްތައް އެއްވެސް ބަދަލެއް ނުގެނެސް ދަނީ ހަވާލުކުރަމުން. އަދި މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުގައި އަލަށް ފެށޭ މަޝްރޫއޫތަކުން ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަމުން ދާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
މާލެ ތޮއްޖައްސަން ނޫޅުއްވާ ހެޔޮ ނުވާނެ. ކޮންމެވެސް އެހެން ގޮތަކުން ވޯޓް ލިބޭނެ ގޮތެއް ހޯއްދަވާ. މިހާރު ވެސް މިއުޅެނީ ހިގައި ނުގަނެވިގެން.
ރިޕްލައި