އިދިކޮޅު އެމްޑީޕީ އިން މާދަމާ ބޮޑު އެއްވުމަށް ބާއްވަން ތައްޔާރުވަމުންދަނިކޮށް އެ ޕާޓީގެ އެކައުންޓުތައް ފްރީޒް ކުރަން އައިލެންޑް އޭވިއޭޝަނުން ސިވިލް ކޯޓުގައި އެދެފި އެވެ.

އެ ކުންފުނިން ސިވިލް ކޯޓުގައި އެފަދަ އަމުރަކަށް އެދުނީ އެމްޑީޕީ އިން ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާ ދައްކާފައިނުވާ މައްސަލައިގަ އެވެ.

އެއީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ދަރަންޏަށް ކޮށްފައިވާ ދަތުރުތަކުގެ ހަރަދަށްވާ ފައިސާއެވެ.

މާދަމާ ރޭ ބާއްވާ މުޒާހަރާއަށް މީހުން ދިޔުން ހުއްޓުވަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރު ކުންފުނިތަކުން ވަނީ މުވައްޒަފުން ބައިވެރިވުން ލާޒިމް ހަރަކާތްތަކެއް މާދަމާ ރޭ ބާއްވަން ނިންމާފަ އެވެ.

މުޒާހަރާއާ ގުޅިގެން ފުލުހުންނާއި ސިފައިންގެ ހާއްސަ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފަ އެވެ.

މާދަމާ ރޭ 8:00ގައި ބާއްވާ އެއްވުމުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް ބުނެ ފުލުހުން ވަނީ ދޮގު ބަޔާނެއް ނެރެފަ އެވެ. މާދަމާ ރޭ ބާއްވާ މުޒާހަރާގައި ބައިވެރިވާން އަދާލަތު ޕާޓީން ވެސް ވަނީ ނިންމާފަ އެވެ.