ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އިމްރާން ޚަޝްމީގެ ކުރިއަށް އޮތް ފިލްމު "ހައްގު"އަކީ މުސްލިމުން ބަދުނާމުވާ ގޮތަށް އުފައްދާފައިވާ ފިލްމެއް ކަމަށް ބުނެ އޭނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
އިންޑިއާގެ ތާރީހުގައި މުސްލިމް އަންހެނުންނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ބެލެވޭ ޝާހް ބާނޯ ޝަރީއަތުގެ މައްޗަށް އުފައްދާ އެ ފިލްމަކީ އިސްލާމީ ކައިވެންޏެއްގައި އަންހެނުންނަށް އޮންނަ ހައްގުތަކުގެ މައްޗަށް އަލިއަޅުވާލާ ފިލްމެކެވެ.
އިމްރާންއާއެކު ޔަމީ ގައުތަމް ލީޑު ރޯލުން ފެންނަ އެ ފިލްމުގެ ޓްރެއިލާ އާއްމު ކުރުމާއެކު ގިނަ ބަޔަކު ވަނީ އެއީ މުސްލިމް މުޖުތަމައު ބަދުނާމުވާ ގޮތަށް ލިޔެފައިވާ ފިލްމެއް ކަމަށް ބުނެފަ އެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދެމުން އިމްރާން ބުނީ އެ ފިލްމަކީ އެއްވެސް ބަޔަކަށް ނުވަތަ މުޖުތަމައުއަކަށް ކުޑައިމީސް ކުރަން ލިޔެފައިވާ ފިލްމެއް ނޫން ކަމަށެވެ.
އެއާއެކު އޭނާއަކީ ވެސް ޚުދު މުސްލިމެއް ކަމަށާއި ފިލްމު ބިނާވެފައިވާ މައުޟޫއަކީ މުސްލިމުންނަށް ހައްސާސް މައުޝޫއެއްކަން އެނގޭ ކަމަށް އޭނާ ބުންޏެވެ. އޭނާއަކީ ހުރިހާ ދީންތަކަށް ވެސް އިހުތިރާމްކުރާ މީހެއް ކަމަށް ވެސް އިމްރާން ބުންޏެވެ.
ޝާހް ބާނޯ ޝަރީއަތަކީ 70ގެ އަހަރުތަކުގައި އިންޑިއާގެ މުސްލިމް އަންހެނަކު އޭނާގެ ކުރީގެ ފިރިމީހާގެ ފަރާތުން ހަރަދުގެ ފައިސާ ހޯދަން ކޯޓަށް ހުށައެޅި މައްސަލަ އެކެވެ.
އެ މައްސަލައިގައި ކޯޓުން ޝާހް ބާނޫއާ އެއްކޮޅަށް ހުކުމް އިއްވި ނަމަވެސް ރާޖީވް ގާންދީގެ ބޮޑު ވަޒީރު ކަމުގައި އެ ހުކުމް ވަނީ ބާތިލް ކޮށްފަ އެވެ.
 ސަރުކާރުން ކުރި ތުހުމަތުތައް ރިޔާޒު ދޮގުކުރައްވައިފި
			ސަރުކާރުން ކުރި ތުހުމަތުތައް ރިޔާޒު ދޮގުކުރައްވައިފި
		 މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
			މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
		 އުމުރު ފޮރުވަން މަލައިކާ ދޮގު ހެދިކަން ފަޅާ އަރައިފި
			އުމުރު ފޮރުވަން މަލައިކާ ދޮގު ހެދިކަން ފަޅާ އަރައިފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					