މަޝްހޫރު މޮޑެލް އަދި ޓީވީ ޕާސަނަލިޓީ ހެއިޑީ ކްލަމްއަކީ އޭނާގެ ފެޝަން ރަހަތަކުގެ ސަބަބުން ދޭތެރެ ދޭތެރެއިން ހަބަރުތަކަށް އަރާ ތަރި އެކެވެ.
އެގޮތުން އޭނާގެ އެންމެ ފަހުގެ ފެނިލުމުގައި ވެސް ބޭނުންކުރި ހެދުމަކީ މީގެ ކުރިން އޭނާ ފެނިގެންދިޔަ ހެދުންތަކާ މުޅިން ތަފާތު ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ހެދުމެކެވެ.
މިފަހުން ބޭއްވި ހެއިޑީގެ އަހަރީ ހެލޮވީން ކޮސްޓިއުމް ޕާޓީއަށް އޭނާ ދިޔައީ ޖަރުމަނުގެ ތާރީހުގައި ފާހަގަ ކޮށްލެވޭ ކެރެކްޓަރެއް ކަމަށްވާ މެޑޫސާގެ ކޮސްޓިއުމް ހެދުމެއް ލައިގެންނެވެ.
ހަރުފައެއްގެ ސިފައިގައި ހުންނަ އަންހެނެއްގެ އެ ކެރެކްޓަރުގެ ހެދުމުގައި ހެއިޑީ ފެނިގެންދިޔައީ ވަރަށް ބިރުވެރި ގޮތަކަށެވެ. އެ ކޮސްޓިއުމްގައި އޭނާގެ އަސްލު ހަމުގެ އެއްވެސް ތަންކޮޅެއް ނުފެންނައިރު އެއީ އުނދަގޫ ކޮސްޓިއުމެއްކަން އެނގެ އެވެ.
މެޑޫސާގެ ސަބަބުން ގަލަކަށް ބަދަލުވި ސިފައިންގެ މީހެއްގެ ކޮސްޓިއުމްގައި ހެއިޑީގެ ފިރިމީހާ ޓޮމް ކޮލިޓްޒް ވެސް އޭނާގެ ކައިރީގައި ހުއްޓެވެ.
އެ ދެމަފިރިންގެ އެ ފެނިލުމާއެކު އެއް ބަޔަކު އެމީހުންނަށް ތައުރީފް ކުރަމުން އަންނައިރު އަނެއްބަޔަކު އަންނަނީ އެމީހުންނަށް ފުރައްސާރަ ކޮށް ފާޑުކިޔަމުންނެވެ.
ބަޑި ބުރާސްފަތި: ބޭރުގެ ހަބަރުތަކުގެ ފަލަ ސުރުހީތަކުން!
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އަނިޔާވި ހަ މީހަކަށް އަނިޔާ