މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "މައިކަލް"ގެ ޓްރެއިލާ ރިލީޒް ކުރިތާ 24 ގަޑިއިރު ތެރޭގައި އެ ފިލްމަށް ރެކޯޑެއް ހާސިލްވެެއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "މައިކަލް"ގެ ޓްރެއިލާއަށް 24 ގަޑިއިރު ތެރޭގައި 100 މިލިއަން ވިއުސް ލިބިފައިވެ އެވެ.
އެއާއެކު އެ ޓްރެއިލާ ވެގެން ގޮސްފައިވަނީ އެހާ ކުރު މުއްދަތެއްގައި އެންމެ ގިނަ ވިއުސް ލިބުނު ފުރަތަމަ ބައޮޕިކް ފިލްމެއްގެ ޓްރެއިލާ އަށެވެ.
މީގެ ކުރިން އެ ޝަރަފު އޮތް ޖޯން ވިކްގެ ޓްރެއިލާއަށް ލިބުނު ޖުމްލަ ވިއުސްގެ އަދަދު "މައިކަލް"ގެ ޓްރެއިލާއަށް ލިބިފައިވަނީ އެންމެ ހަ ގަޑިއިރުންނެވެ.
އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "މައިކަލް"ގެ ލީޑު ރޯލުން ފެންނާނީ މައިކަލް ޖެކްސަންއަށް ބޮޑުބޭބެ ކިޔާ ކޮއްކޮއެއް ކަމަށްވާ ޖާފަރް ޖެކްސަން އެވެ.
ޖާފަރްއާއެކު ފިލްމުގެ ފުރަތަމަ ފެނިލުން އާއްމުވެފައިވާއިރު ގިނަ ބަޔަކު އަންނަނީ ޖާފަރްއަށް ތައުރީފްކޮށް ފިލްމަށް ކެތްމަދު ވެފައިވާ ކަމަށް ބުނަމުންނެވެ.
އީރާނުގެ ނިއުކްލިއާ މަރުކަޒަށް ހަމަލާ ދޭން 50 ބޯޓު ބޭނުން ކުރި
ކެއިންބުއިމުގައި ބީޓްރޫޓް ހިމަނަންވީ ގިނަ ސަބަބުތަކެއް!
މަޒުހަބީ ތަފާތުވުންތައް، ބައެއް ޝެއިޚުން އުފައްދާ ބޮޑު ފިތުނަ