ދިވެހި ދައުލަތުގެ އިއްޒަތް ދަމާސްގެ ވެރިޔާ މުހައްމަދު ސޯލިހު އަށް މިއަދު އަރުވައިފި އެވެ.
ސޯލިހަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިހާރު ކުރިއަށް ގެންދާ ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒެވެ.
އައްޑޫ ހުޅުދުއަށް ނިސްބަތްވެވަޑައިގަންނަވާ ސޯލިހަކީ މީގެ 43 އަހަރު ކުރިން 1983 ގައި ވިޔަފާރީގެ ތެރެއަށް ވަދެވައިގެން އަދިވެސް އެ ގޮތުގައި ދެމިހުންނެވި ބޭފުޅެވެ.
ސޯލިހު އެންމެ ފުރަތަމަ ވިޔަފާރި ފެއްޓެވީ "ޑިމްސް" ގެ ނަމުގައި 1983 ވަނަ އަހަރު ވިޔަފާރި ފެއްޓެވީ އޭނާގެ ގާތް އެކުވެރިޔާ އިބްރާހިމް މުހައްމަދު ދީދީ (ސިމްޑީ ޑީޑީ) އާ ދެ ބޭފުޅުން ގުޅިވަޑައިގެންނެވެ. 17 އަހަރަށްފަހު ދެ ބޭފުޅުން ވަނީ ވަކިން ވިޔަފާރި ކުރަން ފަށާފަ އެވެ.
އާންމު ވިޔަފާރި ފައްޓަވައި، ހާޑްވެއާ އާއި ރިސޯޓުތަކަށް ބޭނުންވާ ތަކެއްޗާއި ޑިއުޓީ ފްރީ ޝޮޕާއި ބޮންޑެޑް ވެއާހައުސް އަދި ފަރުނީޗާ ވިޔަފާރި ހިންގެވި އެވެ. އޭގެ އިތުރުން ޔަންމާ އިންޖީނާއި ސްޕެއަޕާޓްސް އެތެރެކޮށް ވިއްކަވައި، އިންސްޓޯލްމެންޓަށް ދެއްވަމުން ގެންދެވި އެވެ.
ސޯލިހު ވަނީ އައްޑޫ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު އެ ގައުމުގެ ރޯޔަލް އެއާފޯސްގައި 16 ވަރަކަށް އަހަރު ހިދުމަތް ކުރައްވައިފަ އެވެ. އޭގެ ފަހުން 1978 ގައި މާލެ ވަޑައިގެން ކާގޯ ކްލިއާ ކުރުމާއި ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތް ފައްޓަވައި ވިޔަފާރީގެ ތެރެއަށް ރަސްމީކޮށް ވަދެވަޑައިގަތެވެ.
ސޯލިހު ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވައިފަ އެވެ. ހާއްސަކޮށް ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރުމުގައި އެންމެ އިސްކޮށް އުުޅުއްވި އެއް ވިޔަފާރިވެރިއަކީ ސޯލިހެވެ.
އޭނާ ވަނީ ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި ސޯލިހު ވަނީ އައްޑޫ ހެރަތެރަ ރިސޯޓް ވުޖޫދަށް ގެނައުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވާފަ އެވެ.
ދަމާސް ކުންފުނިން ހަތަރު ރިސޯޓާއި މާލޭގައި ތިން ސިޓީ ހޮޓަލް ހިންގަ އެވެ. އަދި މެޑިކާ ހޮސްޕިޓަލަކީ ވެސް ސޯލިހުގެ ތަނެކެވެ.
ސޯލިހު ވަނީ އުފަން ރަށް ހުޅުދުއާއި ރާއްޖޭގެ އެކި ރަށްތަކުގައި ހިލޭ ސާބަހަށް މިސްކިތްތައް ވެސް ބިނާކޮށްދެއްވާފަ އެވެ.
ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް މެދުނުކެނޑި ކޮށްދެއްވަމުން ގެންދަވާ ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2022 ވަނަ އަހަރު އޭނާއަށް ޝަރަފުވެރިކަމުގެ އިނާމު އަރުވައިފަ އެވެ.
މީގެއިތުރުން ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެރުވި "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" އޭނާ ހާސިލުކުރެއްވި އެވެ.
ތައިބާ މިސްކިތާއި އައްޑޫ މިސްކިތަށް ގެއްލުންދިން މައްސަލަ ބަލަނީ
އިމިގްރޭޝަންގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކޮށްފި
މާސްޓާ ކާޑުން ބީއެމްއެލްގެ އަގުވަޒަންކޮށްފި
