ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ގޯވިންދާ ހޭނެތިގެން ވެއްޓުމުގެ ސަބަބުން އޭނާއަށް މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އެބަ ގެންދެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ތަފާތު އުނދަގޫތަކެއް ވާ ކަމަށް ބުނެ ޝަކުވާ ކުރިތާ މާ ގިނައިރެއް ނުވެ ގޯވިންދާ ވަނީ ހޭނެތިގެން ވެއްޓިފަ އެވެ. ވަގުތުން އޭނާ މުމްބާއީގެ ކްރިޓިކެއާ އޭޝިއާ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލަށް ގެންދެވުނެވެ.
ގޯވިންދާގެ ޓީމުން ބުނީ ހޮސްޕިޓަލުގައި އޭނާގެ ޓެސްޓުތަކެއް ހަދާފައިވާ ކަމަށާއި މިހާރު މަޑުކުރަމުން ދަނީ އެ ޓެސްޓުތަކުގެ ނަތީޖާއަށް ކަމަށެވެ.
އެގޮތުން ނަތީޖާތައް ލިބުމުން ނިއުރޯސައިންސް ބަލިތަކުގެ ހާއްސަ ޑޮކްޓަރަކަށް ގޯވިންދާ ދައްކަން ހަމަޖެހިފައިވާ ކަމަށް ވެސް އެ ޓީމުން ބުނެ އެވެ.
ގޯވިންދާއަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައި މިވަނީ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި އޮތް ދަރްމެންދްރާގެ ކައިރިއަށް އޭނާ ޒިއާރަތް ކުރިތާ އެއް ދުވަސް ފަހުންނެވެ.
މިއީ މިފަހުގެ މާޒީއެއްގައި ގޯވިންދާ ހޮސްޕިޓަލަށް ގެންދެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ގޯވިންދާ ގެންގުޅުނު ބަޑިއަކުން އޭނާގެ ފަޔަށް ވަޒަން އަރައިގެން ވެސް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.
ކޮންމެ ދުވަހަކު ވެސް އިނގުރުކޮޅެއް ކާންވާނެ!
މުދާ އުފުލާ ބޯޓެއް ފަރަށް އަރައި، އެކަކު ގެއްލިގެން ހޯދަނީ
ހައްދުފަހަނައަޅައިދިއުމުގެ މައްސަލަ ހައްލުކުރަން ޕްރޮގްރާމެއް