މި އަހަރުގެ މެދު ތެރޭ ފަށާ ދިރާސީ އާ އަހަރު ސްކޫލު ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓު ފޮތްތައް ޗާޕުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީއިން އިއުލާނުކޮށްފި އެވެ.
ފިނޭންސުން ކުރި އިއުލާނުގައި ބުނީ، 2021-2022 ވަނަ ދިރާސީ އަހަރަށް ސްކޫލު ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ޕްރިންޓު ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓެެޓިވް ބިޑިން އުސޫލުން ކަމަށާއި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން ރިފަންޑަބަލް ފީ އެއް ދައްކަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އެ އިއުލާނުގައި ބިޑްސެކިޔުރިޓީގެ ގޮތުގައި 60,000 ރުފިޔާ ދައްކަން ޖެހޭއިރު، ބިޑު ހުޅުވުން އޮންނާނީ މެއި މަހުގެ ހަ ވަނަ ދުވަހު ކަމަށް ބުނެފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން އާންމުކޮށްފައިވާ އެކެޑެމިކް ކަލަންޑަރުގައި ވާގޮތުން ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު އެވެ.