ވަޒީފާތަކުގައި ތިބި މީހުނަށް މަޖުބޫރުކޮށް ފައިސާ ދީގެން މާލެ ގެނެސް ޖަލްސާ ބާއްވައި އެއީ އޮތް ތާއީދުކަމަށް ދެކުމަކީ މޮޔަ ކަމެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމުގެ ނަމުގައި ރޭ މާލެ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު ރަށްރަށުން ފައިސާ ދީގެން ގެނައި ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެގޮތުން ސަރުކާރުން މިކަމަށް އޯޕަން ބަޖެޓެއްގައި ބޮޑެތި އިސްރާފުތަކެއް ކުރި ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މިކަމަށް އިޝާރާތް ކުރައްވާ އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި އިޔާޒު ވިދާޅުވީ ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުންނަށް މަޖުބޫރުކޮށްގެން އަދި މީސްތަކުންނަށް ފައިސާ ދީގެން މާލެ ގެނެސް ކިތަންމެ ބޮޑު ޖަލްސާއެއް ބޭއްވިނަމަވެސް، އެއީ ސަރުކާރަށް އޮތް ތާއީދުކަމުގައި ދެކުމަކީ މޮޔަކަމެއް ކަމަށެވެ.
އިޔާޒު ވިދާޅުވީ މީސްތަކުންގެ ލޯމައްޗަށް ދަޅަ ދެއްކުމުގެ ބަދަލުގައި، ފައިދާ ކުރަނިވި ކަމެއް ކޮށްދީފިނަމަ ދެދުނިޔޭގައިވެސް ފައިދާކުރާނެ ކަމަށެވެ.
އިޔާޒު ވިދާޅުވީ ބޭކާރު ގޮތުގައި ފައިސާ ތަޅާ ބުރުވާ، އަދި އޮށްޓަރެއް ހުރި އެއްވެސް ކަމެއް ރައްޔިތުންނަށް ކޮށްނުދެވުނީމާ، ވެރިކަމުން ފައިބަންޖެހޭ ދުވަހު ވައްކަޅިންވެސް ބަލައިލާނެ މީހަކު ނުވާނެކަން ހަނދާން ބަހައްޓަން ޖެހޭނެ ކަމަށެވެ.
"މަނިކުފާނަށް ބައިޢަތު ހިއްޕެވި ސަތޭކަ ޢީލްމުވެރިން މިވާހަކަތައް ބުނެނުދެއްވަނީތޯއެވެ؟ ނޫންނަމަ، އެބޭފުޅުން ކިތަންމެ ވަރަކަށް ނަޞޭޙަތް ދެއްވިނަމަވެސް، މަނިކުފާނު އަޑު ނާއްސަވަނީތޯއެވެ؟" ރައީސް މުއިއްޒު ޓެގް ކުރައްވާ އިޔާޒު ވަނީ ސުވާލު ކުރައްވާފަ އެވެ.
ގިނަ އަދަދެއްގެ މީހުނާއެކު ރޭ ޕީއެންސީން ބޭއްވި ޖަލްސާއަށް މީހުން ގެނައުމަށް އެ ޕާޓީން 50 މިލިއަން ރުފިޔާ ހަރަދުކުރި ކަމުގެ އަޑުތައްވެސް ފެތުރުނެވެ. އޭގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންނާއި މަޖިލިސް މެންބަރުންވެސް ވަކި އަދަދަކަށް ޖަލްސާއަށް މީހުން ގެނައުމަށް އަންގާފައިވެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންވެސް ޕީއެންސީ ޖަލްސާގައި ބައިވެރިވުމަށް އެނގިކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ފުވައްމުލަކު ފެން މިހާރު ރައްކާތެރިވާނެ: އެމްއެފްޑީއޭ
ކެނެޑާގެ މި ފެންގަނޑު މަގުބޫލު މަންޒިލަކަށް!
ތުނބުޅި ނުފަޅައިގެން އުޅޭ މީހުންނަށް އެހީއެއް!