ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ގޫގުލްއިން ނިންމައިފި އެވެ.
މި ސްޓޭޝަން ގާއިމުކުރަން ނިންމީ ސ. ހިތަދޫގަ އެވެ. މި ނިންމުމަށް ސަރުކާރުން ދެންމެ ވަނީ މަރުހަބާ ކިޔާފަ އެވެ.
ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ގޫގުލްއިން ނިންމުމާއި ގުޅިގެން މިކަމަށް މަރުހަބާ ވިދާޅުވީ ރައީސް މުހައްމަދު މުޢިއްޒު އެވެ.
ރައީސް މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި މަޝްރޫއަކީ އިންވެސްޓަރުންނަށް ރާއްޖެއަށް އިތުބާރު އޮތް ކަމުގެ ހެއްކެއް ކަމަށެވެ.
މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ރައީސް މުއިއްޒު އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ގޫގުލްގެ އެގްޒެކެޓިވްސް އާ ދެމެދު ބޭއްވުނު މަޝްވަރާތަކަށްފަހު ނިންމާފައިވާ ނިންމުމެކެވެ.
މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕާ ގުޅުވައިލަދޭ އިތުބާރުހުރި ޑިޖިޓަލް ގޭޓްވޭ އަކަށް ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަނީ ވިދާޅުވެފައެވެ. އަދި ގޫގުލްގެ މި އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ދިވެހިރާޢްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.
ދިވެހި ސަރުކާރުގެ މަރުޙަބާރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ގޫގުލްއިން ނިންމުމާއި ގުޅިގެން އެކަމަށް މަރުޙަބާ ކިޔާ ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރެވޭ މި ފެސިލިޓީ ވެގެންދާނީ ބައިނަލްއަޤްވާމީ ސަބްމެރީން ކޭބަލްތައް ލޭންޑްކުރުމުގެ ޤާބިލްކަން ލިބިފައިވާ ފެސިލިޓީއަކަށް ކަމަށެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން ރާއްޖެ ވެގެންދާނީ އޭޝިޔާ އާއި އޯޝޭނިޔާ އާއި އެފްރިކާ އާއި މެދުއިރުމަތި އަދި ޔޫރަޕް ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގައި ކަމަށް ބުނެފައިވެ އެވެ.
މިއީ އިންޑިއާ ކަނޑުގައި ގާއިމުވެގެންދާ ޑިޖިޓަލް ކަނެކްޓިވިޓީ ކޮރިޑޯގައި ރާއްޖެ މައި ހައިބެއްގެ ގޮތުގައި ޤާއިމުވުމަށް ލިބިގެންދާ ފުރުސަތެއް ކަމަށާ މާލޭގެ އިތުރުން ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރެވޭ މި އިންޓަނޭޝަނަލް ކަނެކްޓިވިޓީ ޕޮއިންޓްތަކާއެކު ރާއްޖޭގެ އިޤްތިސާދީ ތަރައްޤީއަށް މަގުފަހިވެ ސަރަހައްދީ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ވެގެންދާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ގޫގަލްގެ މި އިންވެސްޓްމަންޓްގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ކެންސަރުގެ ތަޖުރިބާ މަހީމާ ހިއްސާ ކޮށްފި
ސަރުކާރަށް ދެ އަހަރު ވީއިރު، ހަމަ އެކަނި ކުރެވުނު ކަމަކީ ވައްކަން
ޝައިޚް ހަސީނާ މަރަން ހުކުމްކޮށްފި