ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުނު އިރު، މިހާތަނަށް ރައްޔިތުންނަށްޓަކައި ކޮށް ދެއްވުނު ކަމެއް ނެތް ކަމަށާއި ސަރުކާރުން ކުރިހާ ވެސް ކަމަކީ ވައްކަން ކުރުން ކަމަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
މި ސަރުކާރަށް ދެ އަހަރުވެގެން ދިޔައިރު ފެނާއި ނަރުދަމާ ފެށުނީ ކޮން ރަށެއްގައިތޯ އާއި ބަނދަރެއް ހަދައިދީ ނިމުނީ ކޮން ރަށެއްގައިތޯ އާއި ހޮސްޕިޓަލެއް ނުވަތަ ސިއްހީ މަރުކަމެއް އެޅީ ކޮން ރަށެއްގައިތޯ ސުވާލު އުފައްދައި އައްބާސް އެކަސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ދެ އަހަރު ވެގެން ދިޔައިރު، ހަމަ އެއްވެސް ކަމެއް ކުރެވިފައިވާތަން ނުފެންނަ ކަމަށެވެ.
އެހެން ކަމުން ސަރުކާރަށް ދެ އަހަރު ވުމުން އެކަމުގެ އުފަލުގައި އެންމެން އެއްކޮށްގެން ހަފުލާއެއް ބާއްވައިގެން މޮޅު ވާހަކަތައް ދެއްކޭނެ ޖާގައެއް މި ސަރުކާރަށް ނެތް ކަމަށް އައްބާސް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގެ ދެ އަހަރުގެ ބަޖެޓުން 110 ބިލިއަން ރުފިޔާ ހުސްވީ ކޮންކަމެއް ކޮށްގެންތޯ ވެސް ސުވާލު ކުރައްވާފަ އެވެ.
"ކުރިހާ ވެސް ކަމަކީ މަޖުލީހުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ޤާނޫނު އަސާސީއަށް އެކި ކަހަލަ ބަދަލުތަށް ގެނެސް ޤާނޫނުތަކަށް ބަދަލު ގެނެސް ރައްޔިތުންގެ ޓެކުސް ފައިސާއިން ރޭވިގެން ބޮޑެތި އަދަދުން ވައްކަން ކުރުން،" އައްބާސް ވިދާޅުވި އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ރޭ ހާއްސަ ޖަލްސާއެއް ބާއްވާފައިވާ އިރު، ރައީސް މުހައްމަދު މުއިއްޒު ވަނީ ފާއިތުވި ދެ އަހަރަކީ ވަރަށް ކާމިޔާބު ދެ އަހަރު ކަމަށް ވިދާޅުވެފަ އެވެ.
ކެންސަރުގެ ތަޖުރިބާ މަހީމާ ހިއްސާ ކޮށްފި
އަމިއްލަ ފިލްމުތައް ރިލީޒް ކުރާއިރު ޖެނިފާ ބިރުގަންނަނީ މިހެންވެ!
ހަ މަސް ތެރޭ 15 ރަށެއްގައި ސީޓީ ސްކޭން ހިދުމަތް ދޭން ފަށަނީ