ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންއަކީ ފިލްމީ ދާއިރާގެ އިތުރުން ރަސްމަތި ފުށުގެ އާއިލާއަކަށް ނިސްބަތްވާ އެކްޓަރެކެވެ. އޭނާ ނިސްބަތްވާ ޕަތޯޑީ އާއިލާއަކީ އިންޑިއާގެ ޝާހީ އާއިލާ އެކެވެ.

އެގޮތުގެ މަތިން ސައިފްގެ މިލްކިއްޔާތަކީ ވެސް ބޮލީވުޑްގެ އެހެން އެކްޓަރުންނާ އަޅާ ބަލާއިރު އަގުބޮޑު މިލްކިއްޔާތެކެވެ. އޭނާގެ މިލްކިއްޔާތުގައިވާ އެންމެ އަގުބޮޑު ތަކެއްޗަށް ބަލާލާނަމެވެ.

4. ވިޔަފާރީގެ ހިއްސާ

ފިލްމީ ދާއިރާގައި ހަރަކާތްތެރި ވުމުގެ އިތުރުން ސައިފްއަކީ ވިޔަފާރީގައި ވެސް ވަރަށް ހަރަކާތްތެރި އެކްޓަރެކެވެ. އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އޮންނައިރު އިންޑިއާގެ ފެޝަން ބްރޭންޑަކާއި ކްރިކެޓް ކްލަބެއްގައި ވެސް އޭނާގެ ހިއްސާ އޮވެ އެވެ.

3. ކާރު ކަލެކްޝަން

ޝާހީ އާއިލާއެއްގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ވެސް ހިތަށް ވަންނަނީ އެ އާއިލާއެއް ގެންގުޅޭ އަގުބޮޑު ކާރުތަކެވެ. އެގޮތުން ސައިފްގެ މިލްކިއްޔާތުގައި ވެސް އަގުބޮޑު ގިނަ ކާރުތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި:

  • ފޯޑް މަސްޓޭންގް
  • ރޭންޖް ރޯވާ ވޯގް
  • އޯޑީ އާރް 8
  • މާސިޑީޒް ބެންޒް

2. ބެންޑްރާ އެޕާޓްމަންޓް

މުމްބާއީގެ އެންމެ އަގުބޮޑު އަވަށް ކަަމަށްވާ ބެންޑްރާއިން ސައިފް ދެ ލަގްޒަރީ އެޕާޓްމަންޓް ގަނެފައިވާއިރު އޭނާގެ އާއިލާއާއެކު މިހާރު ދިރިއުޅެމުން އަންނަ ގޭގެ އަގުވެސް 100 ކްރޯޑް ރުޕީސްއަށް އަރަ އެވެ.

1. ޕަތޯޑީ ޕެލެސް

ސައިފްގެ މިލްކިއްޔާތުގައި މިވަގުތު ހުރި އެންމެ އަގުބޮޑު އެއްޗަކީ ވިރާސަތުން އޭނާއަށް ލިބުނު ޕަތޯޑީ ޕެލެސް އެވެ. ޖުމްލަ 150 ކޮޓަރި ހިމެނޭ އެ ގަނޑުވަރަކީ ޝާހީ ގަނޑުވަރަކަށް ވާއިރު އެ ގަނޑުވަރު ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ފެނިފަ އެވެ.