އަބީޝޭކް ބައްޗަންއަކީ ބޮލީވުޑްގެ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވި ނަމަވެސް އެދާއިރާއިން ކުރިއަށް ދިއުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ތަރި އެކެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއެއްގައި އަމީތާބު ބުނީ ގިނަ މީހުންނަށް ހީވެފައި އޮންނަނީ އޭނާއަކީ އަމީތާބް ބައްޗަންގެ ދަރިއަކަށް ވީތީ ވަރަށް ފަސޭހައިން ފިލްމުތަކުން ފުރުސަތު ލިބުނު ކަމަށް ކަމަށެވެ.
އެހެން ނަމަވެސް 2000 ވަނަ އަހަރު އޭނާގެ ފުރަތަމަ ފިލްމު ހޯދަން ވެސް ގިނަ އުނދަގޫތަކެއް ކުރިމަތިވި ކަމަށް އަބީޝޭކް ބުންޏެވެ. އޭނާ ބުނީ އޭރު އޭނާ ފުރުސަތަކަށް އެދިގެން ދިޔަ ކޮންމެ ޑައިރެކްޓަރަކު ވެސް "އިހްތިރާމާއެކު" ދެކޮޅު ހަދަނީ ކަމަށެވެ.
އެންމެ ފަހުން އޭނާއަށް ފުރުސަތު ދިނީ ޖޭޕީ ދައްތާ ޑައިރެކްޓްކުރި ފިލްމު "ރެފިއުޖީ"އިންނެވެ. އެ ފިލްމަކީ ކަރީނާ ކަޕޫރުވެސް ބޮލީވުޑަށް ތައާރަފްވި ފިލްމެވެ.
އޭގެ ފަހުން މިވީ 25 އަހަރު ދުވަހުގެ ތެރޭގައި އަބީޝޭކް ގިނަ ފިލްމުތަކަކުން ފެނުނު ނަމަވެސް އޭނާގެ ބައްޕަ އަމީތާބް ބައްޗަންއަށް ލިބުނު ފަދަ ތަރުހީބެއް އޭނާއަށް ލިބިފައެއް ނުވެ އެވެ.
އަބީޝޭކްގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނުނީ މިއަހަރު ރިލީޒްކުރި ހައުސްފުލް 5 އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ޝާހްރުކް ޚާންއާއެކު ފެނިގެންދާ "ކިންގް" އެވެ.
ރީތި، ވަރުގަދަ އިސްތަށިގަނޑަކަށް ފޭރު ފަތް ވަރެއް ނެތް!
މިސްކިތައް ގެއްލުންދިނުން ޓެރަރިޒަމްގެ އަމަލެއް ގޮތުގައި ހިމަނަނީ