ކިލޯއަކަށް ވުރެ ބަރު ކަޅުބިލަމަސް މާދަމާއިން ފެށިގެން 16 ރުފިޔާއަށް މިފްކޯއިން ގަންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކުދިމަހާއި ބޮޑުމަސް ކަނޑައެޅުމުގައި މިހާރު ގެންގުޅޭ މިންގަނޑު ކަމުނުދާ ކަމަށް މަސްވެރިން ބުނަމުން އަންނަ ކަމަށެވެ. އެހެންކަމުން މިބަދަލާއެކު މަސްވެރިންގެ ޒަމާންވީ ކަންބޮޑުވުމަށް ދާއިމީ ހައްލު ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު މިފްކޯއިން 16 ރުފިޔާއަށް ގަންނަނީ ދޮޅު ކިލޯއިން މަތީގެ މަސް. މަސްވެރިންނާއި ކަމާ ގުޅުން ހުރި ދާއިރާތަކުގެ މަޝްވަރާއާއެކު މިހާރު މި ވަނީ، މާދަމާއިން ފެށިގެން ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން މަތިން ގަންނަ ހުރިހާ މަހެއްގެ އަގު މަދުވެގެން 16 ރުފިޔާގައި ހިފެހެއްޓުމަށް ނިންމައިފަ،" މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން އެސްޓީއޯއިން މަސްވެެރިންނަށް ވިއްކާ ތެލުން 51 ލާރި އަގު ހެޔޮ ކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތިން ޓަނަށް ވުރެ އިތުރަށް މަސް ކިރާ އޮޑިފަހަރަށް 71 ލާރީގެ ޑިސްކައުންޓެއް ދޭން ވެސް ނިންމާފައިވާ ކަމަށެވެ. އެ ޑިސްކައުންޓުގެ ސަބަބުން ބައެއް ދޯނިތަކަށް ހާހެއްހާ ރުފިޔާ ސަލާމަތްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރު މަސް ކިލޯއެއް މިފްކޯއަށް ގަންނަމުންދިޔައީ 25 ރުފިޔާއަށެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
މަހުގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ވީކެންޑްއާއި އެންޖެލީނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުތަ؟
މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ރައީސް ދުވާފަރަށް ވަޑައިގެންފި
"މެން އެންޑް ޑަސްޓް" ސެލޫން ހުޅުވައިފި
