ސަރުކާރު ހިއްސާވާ 12 ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި 222 މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެ އެވެ.
މިކަން ހާމަވީ ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރިފަރާތް ކަމަށްވާ ޕީސީބީން ނެރުނު ކުއާޓަލީ ރިވިއު ރިޕޯޓުންނެވެ.
ޕީސީބީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން ފުރަތަމަ ކުއާޓާގައި އެންމެ ބޮޑު ގެއްލުމެއް ވީ، އާރްޑީސީއަށެވެ. އެ ކުންފުންޏަށް 113 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެ އެވެ. މިދިޔަ އަހަރު ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މިއީ 189 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ގެއްލުމަކީ 39.35 މިލިއަނެވެ.
ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު، އައިލެންޑް އޭވިއޭޝަނަށަށް ލިބުނު ގެއްލުން 46 މިލިއަން ރުފިޔާއަށް އަރަ އެވެ.
ތިން ވަނައަށް އެންމެ ބޮޑު ގެއްލުމެއްވި ފެނަކައަށް ވަނީ 33 މިލިއަން ރުފިޔާގެ ގެއްލުމެއްވެފަ އެވެ.
އާރްޑީސީއަށް އެވަރުގެ ބޮޑު ގެއްލުމެއް ލިބުނު ސަބަބަކީ އެ ކުންފުނީގެ އެ ކުއާޓާގެ އާމްދަނީ 62 ޕަސެންޓް ދަށްވެފައިވާތީ އެވެ. މިދިޔަ އަހަރުގެ ހުރިހާ ކުއާޓާއެއްގައި ވެސް ގެއްލުމުގައި ހިންގި އާރްޑީސީއަށް ލިބުނު ގެއްލުން 228 މިލިއަން ރުފިޔާއަށް އަރަ އެވެ.
އައިލެންޑް އޭވިއޭޝަނަށް ދެވަނަ ކުއާޓާގައި ގެއްލުންވެފައިވަނީ އެ ކުންފުނީގެ ހަރަދުތައް އިތުރުވުމާއި ދަރަނި އަދާކުރުމަށް ކުރި ހޭދަ ބޮޑުވުމުންނެވެ. ދެވަނަ ކުއާޓާގައި އެ ކުންފުނީގެ ދަރަނި 903 މިލިއަން ރުފިޔާއަށް އަރަ އެވެ.
މީގެއިތުރުން ދެވަނަ ކުއާޓާގައި އެ ކުންފުނީގެ ފައިދާ ފަސް ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުން ދައްކަ އެވެ.
އެ ރިޕޯޓްގައިވާގޮތުން މިދިޔަ އަހަރު ފެނަކައަށް ޖުމްލަ 120 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.
އުތުރު ކޮރެއާގައި ކުރުން މަނާ ކަންތައްތަކެއް!
ދޮންނަ މެޝިން ވެސް ދޮންނަން ވާނެ!
މަރުވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު މާލެ ގެންނަނީ
