ކޮވިޑް -19 އަށް ރާއްޖެއިން މިއަދު 67 މީހުން ޕޮޒިޓިވްވެ، 96 މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވީ 67 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި 34 ބިދޭސީންނެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 9,885އަށް އަރައިފަ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 66 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 2 މީހުންނެވެ. މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 8،530އަށް އިތުރުވެފަ އެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް ވަނީ 93 އަށް ދަށްވެފަ އެވެ.

އެ ތަފާސްހިސާބުތަކަށް ބަލާއިރު މި ބަލި ޖެހިފައިވާ މީހުން މިހާރު ދިރިއުޅޭ 24 ރަށަކާއި 25 ރިސޯޓެއްގައި އެބަތިއްބެވެ. ރިސޯޓްތަކުގައި 15 ޓޫރިސްޓަކާއި 33 މުވައްޒަފުން ޕޮޒިޓިވްވެފައިވެ އެވެ.

މި ބަލި ޖެހިގެން މިހާތަނަށް 34 މީހަކު މަރުވެފައިވެ އެވެ.