މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ފާސްކޮށް ޑްރަގާއެކު ހަތަރު މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ މީހުން ހައްޔަރުކުރީ ޑްރަގް ބޭނުންކޮށް އެތަކެތި ގެންގުޅެ، ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ގެސްޓް ހައުސް އާއި އެޕާޓްމަންޓުން 377.39 ގްރާމުގެ ޑްރަގް ފެނުނު ކަމަށެވެ. އަދި އެ މައްސަލާގައި ހަތަރު މީހުން ވަނީ ހައްޔަރު ކޮށްފައިކަމަށާއި އެއީ ދިވެހި ތިން ފިރިހެނުންނާއި ބިދޭސީ އަންހެނެއްކަމަށް ފުލުހުން ބުނެ އެވެ.
ހައްޔަރުކޮށްފައި ވަނީ ހަސަން އަނަސް، 22، ދަފްތަރު 10367 އާއި މޫސާ ޝަހީމް، 22، އަތަގަސްދޮށުގެ، ދޫޑިގަން ޏ. ފުވައްމުލައް އާއި ހުސައިން ޝަރުވަން، 25، އާވެލި، ބ. ގޮއިދޫ އަދި ނޭޕާލް ރައްޔިތެއް ކަމަށްވާ ނިޝާ ރާއި، 21 އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހަސަން އަނަސް އަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު މޫސާ ޝަހީމް އާއި ހުސައިން ޝަރުވާން އަށް ދީފައި ވަނީ ފަސް ދުވަހެވެ. އަދި ނިޝާ ރާއި އަށް ދީފައި ވަނީ އެންމެ ދުވަހެކެވެ.
ނިޝާ ރާއީއަށް ދީފައިވާ އެއް ދުވަހުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން ވެސް ދިނީ އެންމެ ދުވަހެކެވެ. ދެވަނަ ފަހަރަށް ދީފައިވާ އެއް ދުވަހުގެ މުއްދަތު ހަމަވުމުން ތިން ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
އެމްއޭސީއެލްއަށް މަނީ ލޯންޑަރިންގެ ބޮޑު ތުހުމަތުތަކެއް!
"މިއީ އަނިޔާއެއް، އަނިޔާވެރިވެގެން ދެމެހެއްޓުނު ވެރިކަމެއް ނެތް"
ފެންބޮޑުވާނެ ކަމަށް ލަފާކޮށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި