މާލޭގެ ބޮޑުތަކުރުފާނު މަގުގައި އެމްބިއުލާންސެއް އަނބުރާލަން މަސައްކަތް ކުރަމުންދިޔައިރު، ގިނަ ބަޔަކު އެމްބިއުލާންސަށް ބެލުމެއްނެތި މަޑު ނުކޮށް ދިޔަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ އެވެ.
ވީޑިއޯއިން ފެންނަ ގޮތުން އެމެޖެންސީގައި އޮތް އެމްބިއުލާންސް މަސައްކަތް ކުރަމުންދިޔައީ ބޮޑުތަކުރުފާނު މަގުން އަނބުރާލުމަށެވެ. ނަމަވެސް އެވަގުތު ގިނަ ސައިކަލުތަކެއް އެމްބިއުލާންސަށް ބެލުމެއްނެތި މަޑުނުކޮށް ދާ މަންޒަރުފެނެ އެވެ.
އެގޮތަށް ވިއްސަކަށް ސައިލު ދިޔައިރު، ގައުމުގެ މުހިއްމު ބައެއް އިދާރާތަކުގެ ޔުނީފޯމް އަޅައިގެން ތިބި މީހުންވެސް އެމްބިއުލާންސަށް ޖާގަނުދީ ދާތަން ފެނެ އެވެ. އޭގެ ތެރޭގައި ފުލުހަކާއި ކަސްޓަމްސްގެ މުވައްޒަފަކުވެސް ދާތަން ފެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މިއަދު ހެނދުނު އެކްސްގައި ހިއްސާކުރެއްވި މި ވީޑިއޯފެނި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔަމުންނެވެ.
މެމްބަރު ވީޑިއޯ ހިއްސާކުރައްވަމުން ލިޔުއްވާފައިވަނީ " އެމަރޖެންސީގައި އޮތް އެމްބިއުލާންސަކަށް ޖާގަ ދިނުންވެސް މީ މިހާރު ނެތްކަމެއް!!!" ކަމަށެވެ. ވީޑިއޯފެނި ބައެއް މީހުން ބުނެފައިވަނީ ދިވެހިންގެ އަދަބު އަހުލާގުވެސް މިހާރު ނެތް ކަމަށެވެ.
ދުނިޔޭގެ އެންމެ ކާރޯބާރު ބޮޑު ތަންތަނުގައިވެސް އެމްބިއުލާންސަށް ޖާގަ ދިނުމަކީ އަބަދުވެސް ކުރާ ކަމެކެވެ. އެފަދަ އާދަތައް ދިވެހިންގެ ކިބައިން ނެތިދާތަން ފެންނަން ފެށުމުން އެންމެ ބޮޑަށް އުފެދޭ ސުވާލަކީ ދިރިއުޅުމުގައި ބިޒީވެގެން ގޮސް އަޅުގަނޑުމެންގެ އިންސާނިއްޔަތުކަންވެސް ގެއްލެނީބާވަ އެވެ.
"ގުޑް މޯނިންގް" ބުނެލާނީ ޚާއްސަ މީހުން
އަދީލް ބާކީކޮށް، އައްޑޫ މޭޔަރުކަމުގެ ޕީއެންސީ ޓިކެޓް މުޝްރިފަށް
ގަނޑުފެނުގެ އެންމެ ބޮޑު ފަރުބަދަ އާޖެންޓީނާގައި!