ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޕަބްލިކް ވޯކްސްއަށް 500 އަށް ވުރެ ގިނަ ދިވެހި މުވައްޒަފުން ނަގަން ނިންމައިފި އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މުޅި ރާއްޖެއަށް ޕަބްލިކް ވޯކްސްގެ މަސައްކަތްތައް ފުޅާކުރުމަށްޓަކައި ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ކުރިން 15 އަތޮޅެއްގައި 19 ޔުނިޓެއް ގާއިމުކުރާނެ ކަމަށެވެ. އަދި އެ ތަންތަނަށް 500 އަށްވުރެ ގިނަ މުވައްޒަފުން ނަގަން ނިންމާފައިވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ލަސްވެގެން ފެބްރުއަރީ މަސް އަންނަންވާއިރަށް އެ ހުރިހާ 19 ޔުނިޓް ގާއިމުކުރެވި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ލިބި މީހުން ވެސް އެތަންތަނަށް ހަމަވެގެންދިޔުން. މިހާރު އަޅުގަނޑުމެން އަންދާޒާއަށް ބަލާއިރު މިދެންނެވި ތަންތަނަށް ގާތްގަނޑަކަށް 550 ވަރު 520 ވަރުގެ އަދަދަކަށް އަލަށް މުވައްޒަފުން ނެގިގެންދާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރާ އެ މަސައްކަތުގައި ޖުމްލަ 26 ޔުނިޓް ފެބްރުއަރީ މަސް ނިމެންވާއިރަށް ގާއިމުކުރެވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަތޮޅުތަކުގައި މިހާރު ވަނީ އެފަދަ ހަތް ޔުނިޓް ގާއިމްކުރެވިފަ އެވެ.
"އެހެންވީމަ އެ ހަތް ތަނާއެކީގައި އިތުރު 19 ތަނެއް ގާއިމުކުރެވިގެންދިޔާމަ އަޅުގަނޑުމެންނަށް 26 ޕަބްލިކް ވޯކްސް ޔުނިޓް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމު ކުރެވިފައިވާނެ،" އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބަށް ނުފޫޒުފޯރުވުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހދ. ހަނިމާދޫ ކައުންސިލްގެ މެޖޯރިޓީ ސަރުކާރަށް ނުލިބޭނެ ކަމަށް ބެލެވުމުން އެ އަތޮޅު ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް މެންބަރުން އިންތިހާބު ކުރަން ވޯޓު ދޭންޖެހޭ ގޮތަށް ރައީސް މުއިއްޒު ވަނީ ހަމަޖައްސާފަ އެވެ.
ސަނީ ދިރިއުޅުނުތަން ބަލައިފާސްކުރީ ފޯނާއި ލެޕްޓޮޕް ހޯދަން
އަހަރު ތެރޭ މަރުވާނެ ކަމަށް ބެލެވޭނަމަ ފަންޑު ލާރިނެގޭ އިސްލާހެއް
"ދުރަންދަރް" މުގުރާލި ބޮލީވުޑްގެ 5 ރެކޯޑެއް!
