ބޮލީވުޑްގެ ޒުވާން އެކްޓަރު ޝްރައްދާ ކަޕޫރުގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކަކީ އަބަދުވެސް އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަން ހޯދާ ކަމެކެވެ.
އެގޮތުން ދާދި ފަހުން ވެސް އެކަން މިވަނީ ހަބަރުތަކުގެ ފަލަ ސުރުހީތަކަށް އަރާފަ އެވެ. މިފަހަރު އެކަން ފެންމަތިވީ ކައިވެނި ކުރާނީ ކޮން އިރަކުންތޯ ޝްރައްދާއަށް ސުވާލު ކުރެވުމުންނެވެ.
މިފަހުން ޝްރައްދާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއަކަށް ކޮމެންޓްކުރި މީހަކު ވަނީ އޭނާގެ ކައިވެންޏާ ބެހޭގޮތުން ސުވާލު ކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެމުން ކައިވެނި ކުރާނެ ކަމުގެ ޔަގީންކަން ޝްރައްދާ ދީފައިވެ އެވެ. އެހެން ނަމަވެސް އެއީ ކޮން އިރަކުން ކަމެއް އޭނާ ބުނެފައެއް ނުވެ އެވެ.
ޝްރައްދާގެ މި ޖަވާބާއެކު އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ އެކަމުގެ އިތުރު ތަފްސީލު ދިނުމަށް ޝްރައްދާގެ ކިބައިން އެދެމުންނެވެ.
ޝްރައްދާއާއި އިންޑިއާގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ޝަހްސިއްޔަތެއް ކަމަށްވާ ރާހުލް މޯދީ ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު އެ ދެމީހުންގެ ކައިވެނީގެ އަޑުތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.
ޒާޔާގެ ކެމްޕޭނަށް އެޗްޑީސީން ހުރަސްއަޅަނީ
ރީ-ރަޖިސްޓްރޭޝަން އަށް އިތުރު 5 ދުވަސް
ޣައްޒާގެ ރައްޔިތުން ރަމަޟާން މަހަށް މަރުހަބާ ކިޔުން