2023 ވަނަ އަހަރު ނެރުނު ކާމިޔާބު ހިންދީ ފިލްމު "ދަ ކެރެލާ ސްޓޯރީ"ގެ ދެވަނަ ބައި އަންނަ މަހުގެ 27 ވަނަ ދުވަހު ރިލީޒް ކުރާނެ އެވެ.
"ބިޔޯންޑް ދަ ކެރެލާ ސްޓޯރީ"ގެ ނަމުގައި ސަންޝައިން ޕްރޮޑަކްޝަނުން ގެނެސްދޭ އެ ފިލްމުގެ ފުރަތަމަ ޓީޒާ މިހާރު ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ފިލްމަކީ ކުރީގެ ފިލްމާ މާ ބޮޑު ސީދާ ގުޅުމެއް ހުންނާނެ ފިލްމެއް ނޫނެވެ. އެގޮތުން ފިލްމުން ފެންނާނީ ވެސް މުޅިން އާ މޫނު ތަކެކެވެ.
އެހެން ނަމަވެސް ދެވަނަ ބައިގެ ވާހަކަ ވެސް ވެގެންދާނީ ފުރަތަމަ ބައިގައި ގެނެސްދިން ވާހަކައާ މައުލޫގެ ގޮތުން އެއްގޮތް ވާހަކައަކަށް ކަމަށް ބުނެވެ އެވެ.
2023 ވަނަ އަހަރު ރިލީޒް ކުރެވުނު "ކެރަލާ ސްޓޯރީ"އަކީ ހަރުކަށި ދީނީ ފިކުރުގެ ދަށުން އިންޑިއާގެ ހިންދޫ އަންހެނަކު ސީރިއާއަށް ގެންގޮސް އައިސިސްއާ ގުޅެން މަޖުބޫރު ކުރުވާ ވާހަކަ އެކެވެ.
ބޮލީވުޑަށް ތާޒާ މޫނުތަކެއް ތައާރަފް ކޮށްދިން އެ ފިލްމު އުފެއްދީ 15 ކްރޯޑްގެ ބަޖެޓަކުން ކަމަށް ވިޔަސް ބޮކްސް އޮފީހުގައި އެ ފިލްމަށް 300 ކްރޯޑް ރުޕީސްއަށްވުރެ ބޮޑު އާމްދަނީއެއް ލިބުނެވެ.
އިންސްޓަންޓް ނޫޑްލްސް: އަނގައަށް މީރުވިޔަސް ސިއްހަތަށް ނުރައްކާ!
އެންމެ ފަހުން ނިކޯލްއާއި ކެއިތު ވަރިވެއްޖެ
މިއޮތީ ބަރުދަން ލުއިކުރާ ބޭސްތަކުގެ އަނދިރި ފަރާތް!