މާލެ ޖަލުގެ އެނެކްސް އެކަކުން 13 ގައިދީއަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ،

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)އިން ބުނީ މާލެ ޖަލުގެ އެނެކްސް އެކަކުން ނެގި ސާމްޕަލްތަކުން 13 ގައިދީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ތަން ލޮކްޑައުންކޮށް، އުސޫލާ އެއްގޮތަށް ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށެވެ.

ޖަލުތަކުން ގެންދަނީ ދޭތެރެއަކުން ސާމްޕަލް ނަގަމުންނެވެ. ކަރެކްޝަންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ގައިދީންތަކެއް ޕޮޒިޓިވްފެފައިވަނީ އެގޮތަށް ނެގި ސާމްޕަލްތަކުގެ ތެރެއިން ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައިވާ ދޫނިދޫ ޖަލުން ވެސް 13 މީހަކު މިދިޔަ ހަފްތާގެ ތެރޭގައި ޕޮޒިޓިވްވެފައިވެ އެވެ. އަދި މާފުށީ ޖަލާއި އައްސޭރި ޖަލުން ވެސް ކޮވިޑް ކޭސްތަކެއް ވަނީ ފެނިފަ އެވެ.