އަކްޝޭ ކުމާރަކީ އިންޑިއާއަށް އޭނާގެ ހިތުގައި އޮތް ލޯބި ދެއްކުމުގައި ފަހަތަށް ޖެހޭ ފަަރާތެއް ނޫނެވެ. ގައުމީ އެކި މުނާސަބަތުތަކާ ގުޅުވައިގެން ގައުމިއްޔަތުގެ އެކި ޝުއޫރުތައް އޭނާ ފާޅުކުރެ އެވެ.
ކަން އެހެން އޮތް ނަމަވެސް އަކްޝޭއަށް ގިނަ ބައެއްގެ ފާޑުކިޔުން މެދުކެނޑުމެއްނެތި އަމާޒުވާ އެއް ސަބަބަކީ މީގެ ކުރިން އިންޑިއާ ރައްޔިތުކަން ދޫކޮށް އޭނާ ކެނެޑާގެ ރައްޔިތުކަން ހޯދާފައިވުމެވެ.
އެކަމަށް ރައްދުދީ އޭނާ ވަނީ 2023 ވަނަ އަހަރު ކެނެޑާގެ ރައްޔިތުކަން ދޫކޮށްލައި އިންޑިއާގެ ރައްޔިތުކަން ލިބިގަނެފަ އެވެ. އޭރު އޭނާ މިވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނީ ކެނެޑާގެ ރައްޔިތުކަން ހޯދަން ޖެހުނީ ޖެހިޖެހިގެން އޭނާގެ 14 އަށްވުރެ ގިނަ ފިލްމު ފްލޮޕް ވުމުން ކަމަށެވެ.
"އެތަނުގައި ހުރި އަހަރެންގެ ރައްޓެއްސަކު ބުނީ ކެނެޑާއަށް އަންނާށޭ. އެކުގައި ވިޔަފާރިއެއް ކަހަލަ ކަމެއް ފަށާނީއޭ. އެކަން ކުރަން ކެނެޑާގެ ރައްޔިތަކަށް ވާންޖެހޭ" އަކްޝޭ ބުންޏެވެ.
އަކްޝޭ އިތުރަށް ބުނީ އެހެން އޮއްވައި އޭނާގެ ފަހުގެ ފިލްމުތައް ސުޕަހިޓް ވުމުން އޭނާގެ ނިންމުން ބަދަލުކޮށް އިންޑިއާގައި މަޑުކުރަން ނިންމީ ކަމަށެވެ.
"އަހަރެން ހިއެއް ނުކުރަން މީހުން އެކަމުގައި ހިފާ ދަމާނެ ކަމަކަށް. އަހަރެން އައީ އަބަދުވެސްއިންޑިއާގެ ސަރުކާރަށް ޓެކްސް ވެސް ދައްކަމުން" އަކްޝޭ ބުންޏެވެ.
ގައުމެއްގެ ރައްޔިތުކަން އަތުގައި އޮތް ނަމަވެސް ހިތާއި ރޫހުން އެ ގައުމެއް ދެކެ ލޯބިނުވާ ނަމަ ނަމެއްގައި ޕާސްޕޯޓެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އަކްޝޭ ބުނެފައިވެ އެވެ.
ސޯމާލީލޭންޑް ވަކި ދައުލަތެއްގެ ގޮތުގައި ބަލައިނުގަނެވޭނެ
އީރާނުގެ ހަމަނުޖެހުން: އިންޓަނެޓް ހިދުމަތް ކަނޑާލައިފި
އަމްޖުގެ ހަނދާނުގައި ފެންވަޅެއް ބަހައްޓަން ފައިސާ ހަމަކޮށްފި