ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކެއް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން މިރޭ އާންމުކޮށްފި އެވެ.

ފުލުހުން މިއަދު ހައްޔަރުކުރީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބަޔެކެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ:

  • ޝައްފާހު ލަތީފު، 28، ޝެވޯނާ، ގއ. ވިލިނގިލި
  • އަހުމަދު މަދީހް، 33، މިޔުޒިކީގެ، ގއ. ވިލިނގިލި
  • އަހުމަދު އަނާމް އިބްރާހިމް، 30، އައިޒަން، ގއ. ވިލިނގިލި
  • ނޫރުއްނިޒާމް، 35، އަރާއިރުގެ، ގއ. ވިލިނގިލި

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ނޫރުއްނިޒާމު ފިޔަވައި ދެން ތިބި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. ނޫރުއްނިޒާމު ބަންދުކުރަން ކުރަން އަމުރުކުރީ 15 ދުވަހަށެވެ.

އެ ހާއްސަ އޮޕަރޭޝަންގައި 10 ތަނެއް ބަލައިފާސްކުރި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމައެއްނުކުރެ އެވެ.