މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ އެރިއާނާ ގްރާންޑޭގެ ފަރާތުން ހާލުގައި ޖެހިފައިވާ ޣައްޒާގެ ކުޑަކުދިންނަށް މާލީ ބޮޑު އެހީއެއް ހަދިޔާކޮށްފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހާ ހަމައަށް އެރިއާނާގެ ފަންޑް ރެއިޒިން ހަރަކާތްތަކުން 801،000 އެމެރިކާ ޑޮލަރު ވަނީ ހޯދާފަ އެވެ.
2024 ވަނަ އަހަރު އެންމެ ފުރަތަމަ ފެށި މި ހަރަކާތްތަކުން ލިބުނު މާލީ އެހީ ހަދިޔާ ކޮށްފައިވަނީ "ފަލަސްތީން ޗިލްޑްރެން ރިލީފް ފަންޑް (ޕީސީއާރްއެފް) އަށެވެ.
އެ އިދާރާއިން ހާމަކުރާ ގޮތުގައި އެރިއާނާގެ ފަރާތުން ލިބުނު އެހީ ބޭނުން ކުރާނީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި ސިއްހީ އާލަތްތައް ހޯދުމުގެ އިތުރުން ހަނގުރާމައިގެ އަސަރު ކޮށްފައިވާ ކުޑަކުދިންނަށް ނަފްސާނީ އެހީތެރިކަން ދިނުމަށެވެ.
ދެ އަހަރު ދުވަހުގެ ތެރޭގައި މިލިއަނެއްހާ ޑޮލަރު ޣައްޒާއަށްޓަކައި އެރިއާނާ ހޯދާދީފައިވާއިރު އޭނާގެ މި މަސައްކަތް އަންނަނީ ގިނަ ބަޔަކު ފާހަގަ ކުރަމުންނެވެ.
އެރިއާނާގެ އިތުރުން ވެސް ހޮލީވުޑްގެ ނަން މަޝްހޫރު ގިނަ ތަރިންތަކެއް ދަނީ ޣައްޒާއާއި އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަމުންނެވެ.
ދުވާލަކު 35 ބޭސް ކާ ކަމަށް ކިމް ބުނުމުން މާހިރުން އިންޒާރު ދީފި
"މުއިއްޒު ބޭނުންނުވާ އެއްވެސް ކަމެއް ޕީއެންސީގައި ނުހިނގާނެ"
މޮޓޯއެކްސް އިން ހިތްގައިމު ރީތި ސީއެފް މޮޓޯ 150 ތައާރަފުކޮށްފި