އެމެރިކާއާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ ދިން އިންޒާރާއި އެކު، ޓްރަމްޕްގެ ރާގު ބަދަލުވެ، މުހާރު އިރާނުން މުޒާހަރާގެ ބައިވެރިން ނުމަރާކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އީރާން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން ހައްޔަރުކޮށް ދަންޖައްސައި މެރުމުގެ ހުކުމް ތަންފީޒުކުރަން އުޅޭ ކަމަށް ވިދާޅުވެ ހަމަލާގެ އިންޒާރު ދެއްވަމުން ގެންދެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރާގު ކުއްލިއަކަށް ބަދަލުވީ އިރާނުން ރައްދުގައި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން ރާވައި އެކަމަށް ތައްޔާރުވެފައިވަނިކޮށެވެ.
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީރާނަށް ހަމަލާ ދޭން ވިސްނަންތޯ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވިދާޅުވީ މުޒާހަރާގެ ބައިވެރިން މެރުން އީރާނުން މިހާރު ހުއްޓާލައިފި ކަމަށް އަންގާފައިވާ ކަމަށެވެ. އަދި ދެން ކަންތައް ވާނެ ގޮތެއް ބަލަން ތިބުމަށް ޓްރަމްޕަ ވަނީ ވިދާޅުވެފަ އެވެ.
ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފައިވާ ގޮތުގައި، މިހާތަނަށް އީރާން ސަރުކާރާ ދެކޮޅަށް ކުރާ އެންމެ ބޮޑު މުޒާހަރާ ހުއްޓުވަން ކުރި މަސައްކަތުގައި ވަނީ 3،428 މީހަކު މަރާލައިފަ އެވެ.
އެކަމަކު ޓްރަމްޕު ވިދާޅުވީ އީރާނުން މިހާރު މީހުން މެރުން ހުއްޓާލައިފި ކަމަށް އަންގައިފި ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ދަންޖެއްސުން ވެސް ހުއްޓާލައިފި ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން މުޒާހަރާގެ ގިނަ ބައިވެރިން ދަންޖައްސައި މެރުން މިހާރުވެސް ކުރިއަށް އެބަ ގެންދެ އެވެ. އެހެން ނަމަވެސް ޓްރަމްޕް ވިދާޅުވީ ދެން އެކަން ކުރިއަށް ނުދާނޭ ކަމަށެވެ.
"މީހުން މެރުން ހުއްޓާލައިފި ކަމަށް، ދަންޖެއްސުން ދެން ކުރިއަށް ނުދާނެ ކަމަށް ވަނީ އަންގާފައި، މިއަދު އެތައް ބަޔަކު ދަންޖައްސައި މަރަން ހަމަޖެހިފައި އޮތް. އެކަމަކު ދެން އެކަން ކުރިއަކަށް ނުދާނެ، އެކަން އަހަރެމެން އަދިވެސް ބަލާނަން،" ޓްރަމްޕު ވިދާޅުވި އެވެ.
މިކަމާ ބެހޭ އެއްވެސް ތަފްސީލެއް ޓްރަމްޕު ނުދެއްވަ އެވެ. އެކަމަކު ވިދާޅުވީ އެ ބުނާ ބުނުން އިތުރަށް ކަށަވަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އީރާނަށް ހަމަލާ ދޭނެ ކަމަށް ދެއްވި އިންޒާރާ ގުޅުވައި އޯވަލް އޮފީހުގައި އޭއެފްޕީގެ ނޫސްވެރިޔަކު ވަނީ އަސްކަރީ އިހުތިޔާރު ދެން ދޫކޮށްލެއްވީތޯ ސުވާލުކޮށްފަ އެވެ. އެހެން ނަމަވެސް ޓްރަމްޕް ވިދާޅުވީ ކަންކަން ކުރިއަށްދާ ގޮތް ވަރަށް ގާތުން ބަލަމުން ގެންދާނޭ ކަމަށެވެ.
އީރާނުގައި ހިނގަމުންދާ ހަމަނުޖެހުން ތަކަކަކީ އިޒްރޭލުން ރާވައި ހިންގާ ހަރަކާތެއް ކަމަށް އިރާނުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
ހިނގައިދިޔަ ކަންތައްތަކަކީ ޓެރަރިޒަމް ކަމަށް ސިފަކުރައްވަމުން އީރާނުން ބުނެފައިވަނީ ބޮޑެތި މުޒާހަރާތަކާއި ހަމަނުޖެހުމަށް ފަހު މިހާރު އީރާންގެ މަގުތަކަށް އަމާންކަން އައިސްފައިވާ ކަމަށާއި ސަރުކާރަށް ފުރިހަމަ ކޮންޓްރޯލް އެބަ އޮތް ކަމަށެވެ.
ވިލް ބޭނުންވަނީ ޝާހްރުކް ޚާންއާއެކު މަސައްކަތް ކުރަން!
"ދުނިޔޭގެ އެންމެ ރީތި 100 މޫނު"ގެ ތެރޭގައި ވަރުން!